”ރަންކޮކާ ބޭބީ ނާސަރީ ބުކް ސީރީޒް“ އަކީ ފަށާ މަރުހަލާގެ ކުދިންނަށް ކުޑަކުދިން ފޫހި ކަމެއްނެތި ޝައުގުވެރި ކަމާއެކު އަކުރު ތަޢާރަފް ކުރުމަށް ތައްޔާރުކޮށްފައިވާ 6 ފޮތް ހިމެނޭ ފޮތް ސެޓެކެވެ. މި ސީރީޒްގެ ކޮންމެ ފޮތެއްވެސް ފަރުމާކުރެވިފައިވަނީ ކުދިންގެ ހިތްތަކުގައި އުނގެނުމަށް ހުންނަ ޝައުޤުވެރިކަން އިތުރުކޮށްދީ ކިޔެވުމަށް ލޯބި ޖެހޭނެ ގޮތަކަށެވެ. މި ފޮތް ސެޓް ޚާއްސަވާ އެއް ސަބަބަކީ ފޮތްތަކުގައި ގާތްގަނޑަކަށް ހުރިހާ ގިންތިއެއްގެ ލާނިންގް ސްޓައިލެއްވެސް ހިމެނޭތީއެވެ. އެގޮތުން ބަލައިގެން ދަސްކުރާ ކުދިން، ކިޔާ އަދި ލިޔެގެން ދަސްކުރާ ކުދިން، އަމަލީ ގޮތުން ބައިވެރިވެގެން ދަސްކުރާ ކުދިން އަދި އަޑު އަހައިގެން ދަސްކުރާ ކުދިންނަށްވެސް މި ފޮތް ސެޓު ހެދުމުގައި ވަނީ އިސްކަން ދީފައެވެ.

ފޮތުގައި ހިމެނޭ މައިގަނޑު ބައިތައް
އަކުރު ދަސްކުރާ ފޮތްތައް:
1. އަކުރު ކިޔާލުން – މި ބައިގައި ކުދިން އަކުރު ކިޔާލާނީ ޓީޗަރުގެ/ ބެލެނިވެރިޔާގެ އަޑު ދަށުންނެވެ.
2. އަކުރުން ފެށޭ އެއްޗެހީގައި ކުލަ ޖެއްސުން – މި ބައިގައި ހިމެނޭނީ އަކުރުން ފެށޭ އެއްޗެއްގެ ނަމެއް ދަސްކޮށްލުމެވެ.
3. އަކުރުގައި އެއްޗެހި ތަތްކުރުން – ކޮންމެ އަކުރެއްގައިވެސް ތަތްކުރަން ހުންނާނީ ތަފާތު އެއްޗެކެވެ. އެހެންވީމާ ކޮންމެ އަކުރަކާއެކު ކުދިންނަށް އާ ޓްކްސްޗަރ އެއް ތަޢާރަފްވެގެންދާނެއެވެ. މިއީ ކުދިންގެ ސެންސަރީ ޑެވެލޮޕްމެންޓަށް ވަރަށް ބޮޑަށް އެހީވެދޭނެ ކަމެކެވެ.
4. ތިކި މަތިން ލިޔުން – ތިކި މަތިން ލިޔުމަށް ހިމަނާފައިވާނީ 2 އަކުރެވެ.

ކޮންމެ މަސައްކަތަކަށް ހޭދަވާ ވަގުތު ކުޑަވެފައި ތަފާތު މަސައްކަތްތައް ހުރުމުން މަސައްކަތްތައް ނިމެންދެން ކުދިންގެ ސަމާލުކަން ދެމެހެއްޓެއެވެ.
އިސްލާމް ފޮތުގެ ޚާއްޞަކަން: މި ފޮތަކީ ކުޑަކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ އަސާސްތަކާއި ރުކުންތައް އަދި ދީނުގެ މުޙިންމު މައުލޫމާތުގެ މައްޗައް އެކުލަވާލައިފައިވާ ނުހަނު ފުރިހަމަ ފޮތެކެވެ. އެގޮތުން ތުއްތު ކުދިން ޝައުޤުވެރިވާނެ ގޮތަކަށް މާތް ﷲ އާއި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަދި އިސްލާމްދީނުގެ މަޢުލޫމާތު މި ފޮތުގައި ގެނެސްދީފައިވާނެއެވެ. މީގެ އިތުރުން އީމާންކަމާއި އިސްލާމްކަމާއި ގުޅުންހުރި ބައެއް މަޢުލޫމާތާއި ރިވެތި އަޚުލާޤުވެސް މި ފޮތުގައި ވަނީ ހިމަނާފައެވެ. މި ފޮތަކީ އަހުލުލް ސުންނަ ވަލް ޖަމާޢަތުގެ ޢާޤީދާގެ މައްޗައް އެކުލަވާލައިފައިވާ ފޮތެކެވެ. ކޮންމެ ފިލާވަޅަކާއިއެކު ހިމަނާފައިވާ މަސައްކަތަކީ ކުދިން ކިޔެވުމަށް ބޭނުންވާނެ އެކި ކަހަލަ ހުނަރު ތަރައްޤީވާނެހެން ރާވާލައިފައިވާ މަސައްކަތެކެވެ.

ޓީޗަރުންނާއި މައިންބަފައިންނަށް ލިބޭ ބޮޑެތި ލުއިތައް:
– ޓީޗަރު ދިމްގެ އެންޑޯޒްމަންޓް: މި ފޮތްތަކަކީ ޓީޗަރު ދިމްގެ އަމިއްލަ ދަރިވަރުންނާއެކު ކޮންޓެންޓްތައް ޓެސްޓުކޮށް، އޭގެ ކާމިޔާބީ ކަށަވަރުކުރުމަށްފަހު ފައިނަލް ކުރެވިފައިވާ ފޮތްތަކެކެވެ. މި ފޮތްސެޓު އެކުލަވާލާފައިވާނީ ސްކޫލް ތަކުގެ އިތުރުން ޓިއުޝަން ކްލާސްތައް އަދި ގޭގައި ބެލެނިވެރިންނަށްވެސް ކިޔަވަދެވޭނެ ގޮތަށެވެ.
– ބެލެނިވެރިންގެ ޝަކުވާއަށް ޙައްލެއް: ގިނަ މައިންބަފައިން ކުރާ މައިގަނޑު ޝަކުވާއަކީ ގޭގައި ކުދިން އެމީހުންނާއެކު ފިލާވަޅު ދަސްކޮށް ހަދަން އެއްބާރުލުން ނުދޭ މައްސަލައެވެ. ނަމަވެސް، މި ފޮތްތަކުގެ ކޮންޓެންޓް ފަރުމާކޮށްފައިވަނީ ކުދިން ގަޔާވެގެން، މައިންބަފައިންނާއެކު ގޭގައި ކިޔަވަން ބޭނުންވާނެ ފަދަ އިންޓަރެކްޓިވް ގޮތަކަށެވެ.
– ޑިޖިޓަލް ކިއުއާރު ކޯޑު އެހީ: ކޮންމެ ފޮތެއްގެ ފަހަތުގައި ޚާއްޞަ ކިއުއާރު ކޯޑެއް ހިމެނިފައިވެއެވެ. މި ކޯޑު ސްކޭންކޮށްލުމުން، ފޮތްތައް ކުދިންނަށް ކިޔަވައިދޭނެ ގޮތުގެ ވީޑިއޯ ގައިޑްތަކާއި، ފޮތުގެ މަސައްކަތްތައް ފުރިހަމަކޮށްފައިވާ ނަމޫނާތައް ފެންނާނެއެވެ. އެހެންކަމުން ކިޔަވައިދޭން އުނދަގޫވާ މައިންބަފައިންނަށް މިއީ ބޮޑު އެހީއަކަށް ވާނެއެވެ.
– ދަރިވަރުންގެ ފެންވަރު ވަޒަންކުރުން: ފޮތުގެ ކޮންމެ ސަފުޙާއެއްގެ ތިރީގައި ކުއްޖާގެ މަސައްކަތް އެސެސް ކުރެވޭނެ ބްލޮކެއް ހިމެނެއެވެ. ކުދިންގެ ފެންވަރު ވަޒަންކުރާނެ ގޮތުގެ ފުރިހަމަ އިރުޝާދުތައްވެސް ފޮތުގެ ފަހަތުގައިވާ ކިއުއާރު ކޯޑު ސްކޭންކޮށްލުމުން ލިބިގެންދާނެއެވެ.
އަގާއި ފޮތް ބައްލަވައިގަންނާނެ ގޮތް:
މި މުހިންމު 6 ފޮތުގެ ސެޓު މިހާރު ބާޒާރުން ބައްލަވައިގަންނަން ލިބޭނީ -/1000 ރުފިޔާ އަށެވެ. ފޮތްތަކަށް އޯޑަރު ކުރެއްވުމަށް 7615084 ނަންބަރަށް ގުޅުއްވުމުން ނުވަތަ ފޭސްބުކް އަދި އިންސްޓާގްރާމް ޕޭޖް ”Dhim teaching kids“ އަށް މެސެޖު ކުރެއްވުމުން ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެއެވެ.











