Wednesday, 9 September 2026
Ads by

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޙައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާނެ

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޙައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާނެ

ދިވެހި ޙައްޖާޖީން--- ފޮޓޯ: މޯލްޑިވްސް ޙައްޖު މިޝަން

މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ދިޔަ ޙައްޖާޖީން މާލެ އަންނަން ފަށާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

Ad Image
Ads by

މިކަން ހާމަކޮށް މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ޙައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ، ދިވެހި ޙައްޖާޖީން މާލެ އައުމަށް ހަމަޖެހިފައި ވަނީ ހަތަރު ދުވަހެއްގެ މަތިން ހަތަރު ފްލައިޓެއްގައި ކަމަށެވެ. ޙައްޖާޖީން މާލެ އައުމަށް ހަމަޖެހިފައި ވަނީ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ދެ ފްލައިޓުންނާއި ސަޢުދިއާގެ ދެ ފްލައިޓުގައެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ޙައްޖާޖީންގެ ފުރަތަމަ ގުރޫޕް މާލެ އަންނާނީ ސަޢުދިއާގެ ފްލައިޓެއްގައެވެ. އެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާނީ އެ ދުވަހުގެ މެންދުރުފަހު 14:00 ގައި ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ. ދެ ވަނަ ފްލައިޓް މި މަހުގެ ހަތް ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު، އެ ފްލައިޓް އެއަރޕޯޓުގައި ޖައްސާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ލަފާކޮށްފައިވަނީ އެ ދުވަހުގެ 17:40 ގައެވެ.

ޙައްޖާޖީންގެ އެންމެފަހު ދެ ފްލައިޓް މާލެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހާއި ނުވަ ވަނަ ދުވަހުއެވެ. އެގޮތުން މި މަހުގެ އަށް ވަނަ ދުވަހު މާލެ އައުމަށް ހަމަޖެހިފައިވާ ފްލައިޓް އެއަރޕޯޓުގައި ޖައްސާނީ އެ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ. އަދި އެންމެފަހު ފްލައިޓް އެއަރޕޯޓުގައި ޖައްސާނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ މެންދަމު 00:01 ގައި ކަމަށް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

މި އަހަރު ވެސް ރާއްޖެއިން 1،000 މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ގޮސްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި