Wednesday, 9 September 2026
Ads by

އެމްޓީސީސީން މާލެ ޓެކްސީ އެޕްލިކޭޝަން ތައާރަފުކޮށްފި

އެމްޓީސީސީން މާލެ ޓެކްސީ އެޕްލިކޭޝަން ތައާރަފުކޮށްފި

މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ”މާލެ ޓެކްސީ“ ލައިންގެ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް، ޒަމާނީ ކުރުމުގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފުކޮށްފިއެވެ.

Ad Image
Ads by

މީގެކުރިން މާލޭ ޓެކްސީ ލައިން މެދުވެރިކޮށް އުޅަނދު ހޯދުމަށް ބޭނުންކުރަމުން އައީ ހޮޓްލައިން ނަމްބަރު 1655 އާއި އެމްޓީއެލް ވެބް އެޕެވެ. އަދި ފައިސާ ދެއްކުމަށް ވެސް ބޭނުންކުރަން ޖެހެނީ ވެބް ލިންކެކެވެ. ނަމަވެސް، ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި އެމްޓީސީސީން މިހާރު ވަނީ އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެޕް ސްޓޯރު މެދުވެރިކޮށް ”މާލެ ޓެކްސީ“ އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އަދި އެންޑްރޮއިޑް ކަސްޓަމަރުންނަށް ގޫގުލް ޕްލޭ ސްޓޯރުން ވަރަށް އަވަހަށް މި އެޕް ލިބޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތް ހޯދުމަށްޓަކައި ކަސްޓަމަރުން ފުރަތަމަ ޖެހޭނީ ރަޖިސްޓްރީ ކުރާށެވެ. ދަތުރެއް ބުކް ކުރުމަށްޓަކައި އެޕްގެ ހޯމް ޕޭޖުގައިވާ ”ބުކް ނައު“ އަށް ފިތާލުމަށްފަހު، ދަތުރު ފަށާ ތަނާއި ދާން ބޭނުންވާ ތަން ފާހަގަކޮށް ލޮކޭޝަން ކޮންފާމް ކުރަންޖެހެއެވެ.

ފައިސާ ދެއްކުމުގެ ކަންކަން ވެސް މި އެޕްލިކޭޝަންގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. އެގޮތުން އެޕްގެ ވޮލެޓަށް ފައިސާ ޖަމާކޮށްގެން ނުވަތަ ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ދަތުރު ނިމުމުން ”ސްކޭން ޓު ޕޭ“ ފީޗާ މެދުވެރިކޮށް ވެސް ފައިސާ ދެއްކުމުގެ ފުރުސަތު އޮންނާނެއެވެ.

މި އެޕްލިކޭޝަނުގައި ހިމެނޭ ފާހަގަކޮށްލެވޭ އިތުރު ފީޗާތަކުގެ ތެރޭގައި:

ތާވަލުކުރުން: ދަތުރު ފެށުމުގެ މަދުވެގެން 3 ގަޑިއިރު ކުރިން ކުރިއާލައި ދަތުރު ޝެޑިއުލް ކުރެވުން.

ރައްކާތެރިކަން: ކަސްޓަމަރަށް ނުރައްކަލެއް އިހުސާސް ކުރެވޭ ހާލަތެއްގައި ބޭނުންކުރެވޭނެ ”އެސްއޯއެސް އިމަޖަންސީ“ ފީޗާ.

މުއާމަލާތް: ޑްރައިވަރަށް މެސެޖުކުރުމާއި ގުޅުމުގެ އިތުރުން، އުޅަނދުގައި އެއްޗެއް ބޭއްވިފައިވާނަމަ އެކަން ރިޕޯޓުކުރުމުގެ ފުރުސަތު.

ފީޑްބެކް: ކޮންމެ ދަތުރަކަށްފަހު ޚިދުމަތާ މެދު ދެކޭގޮތް ހާމަކުރުމުގެ ފުރުސަތު.

މާލެ ޓެކްސީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު 150 ކާރާ އެކުގައެވެ. ޚިދުމަތް ފެށިތާ ކުރީކޮޅު ވެބް އެޕަށް ދިމާވި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން ފުރަތަމަ ދެ ހަފްތާއަށް ވުރެ ގިނަ ދުވަހު މި ޚިދުމަތް ހިލޭ ދީފައިވެއެވެ. ނަމަވެސް މިހާރު މި ޚިދުމަތް 24 ގަޑިއިރު ދެމުންދަނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރަސްމީ އަގުތަކުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި