Wednesday, 9 September 2026
Ads by

މިދައުރުގެ ތެރޭގައި ޖަލުތަކަށް 370 ޖާގަ އިތުރުކުރެވިއްޖެ: ސީޕީ ޒަރީރު

މިދައުރުގެ ތެރޭގައި ޖަލުތަކަށް 370 ޖާގަ އިތުރުކުރެވިއްޖެ: ސީޕީ ޒަރީރު

ޖަލުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާތަނަށް 370 އެއްހާ އެނދުގެ ޖާގަ އިތުރުކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެސްއެމް ނިއުސްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޒަރީރު ވިދާޅުވީ، ޖަލުތަކުގެ ކެޕޭސިޓީ އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން މިހާތަނަށް 370 އެއްހާ ޖާގަ އިތުރުކުރެވިފައިވާއިރު، މި ދައުރުގެ ތެރޭގައި ޖުމްލަ 500 އެނދަށް ޖާގަ އިތުރުކުރުމަކީ އަމާޒެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެނަށް މިހާރު 370 އެއްހާ ބެޑް ކެޕޭސިޓީ އިތުރުކޮށްފައި، އެއާއެކު އަޅުގަނޑުމެން މިހާރު ހުޅުމާލޭ ޖަލުގައިވެސް ހޯލްޑިންގ ޖަލުގެ ސެލްތަކާއި، މާލޭ ޖަލުގެ ބަދަލުގައި ސަރުކާރުން ދެއްވާފައިވާ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި 140 މީހުންގެ ޖާގައިގެ ޔުނިޓެއް ހެދުމުގެ މަސައްކަތް އެބަކުރަން،“ ސީޕީ ޒަރީރު ވިދާޅުވިއެވެ.

ރާއްޖޭގައި ކުށްވެރިން އެކަހެރިކޮށް ބެލެހެއްޓުމަށް ތިން ޖަލެއް ހުރި ނަމަވެސް، ޖަލުގެ ކޮންސެޕްޓަށް ތަރައްޤީކުރެވިފައިވާ ހަމައެކަނި ޖަލަކީ މާލޭ ޖަލެވެ. ނަމަވެސް އެ ޖަލު ހުރި ސަރަޙައްދަކީ ސްކޫލަކާ އިންވެގެން އޮތް ތަނަކަށްވާތީ، ސަރުކާރުން ވަނީ އެ ޖަލު ހުޅުމާލެއަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، ކުރިން ހުޅުމާލޭގައި ކޯވިޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި ބިމުގައިވެސް މިހާރު ވަނީ ހުޅުމާލޭ ޖަލުގެ ޔުނިޓެއް ހުޅުވާފައެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ، ޖާގައިގެ ދަތިކަމުގެ ސަބަބުން ޤައިދީން އެކަށީގެންވާ ގޮތެއްގައި ވަކިކޮށްގެން ބެލެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން، އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން އެއްތަނެއްގައި ބައިތިއްބަން ޖެހުމަކީ ކަންބޮޑުވުމެއް ކަމަށާއި، އެކަން ހައްލުކުރުމަށް ދިގު މުއްދަތުގެ ހުކުމް ތަންފީޒުކުރާ މީހުންނަށް ޚާއްޞަ ޔުނިޓެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ޖަލުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ”ވަން ޕްރިޒަން ކޮންސެޕްޓް“ އެވެ. މި ކޮންސެޕްޓްގެ ދަށުން އުތުރު ތިލަފަޅުގައި ހުރިހާ ޚިދުމަތްތަކެއް ހިމެނޭ ސެންޓްރަލް ޖަލެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މިއީ މީހުން ދިރިއުޅޭ ރަށްރަށާއި، ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްރަށުގައި ޖަލުތައް ހުރުމުގެ ސަބަބުން އާންމުންނާއި ސަރުކާރަށް އޮތް ކަންބޮޑުވުންތަކަށް ލިބޭނެ ދާއިމީ ހައްލެއް ކަމަށް ސަރުކާރުން ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި