Saturday, 24 October 2026
Ads by

ބަލިމީހާގެ ހާލަތަށް ބަލައި، ރާއްޖެއިން ލިބޭ ފަރުވާތަކަށް ވެސް އާސަންދައިގައި ބޭރަށް ދެވޭގޮތަށް އުސޫލު ބަދަލުކޮށްފި

ބަލިމީހާގެ ހާލަތަށް ބަލައި، ރާއްޖެއިން ލިބޭ ފަރުވާތަކަށް ވެސް އާސަންދައިގައި ބޭރަށް ދެވޭގޮތަށް އުސޫލު ބަދަލުކޮށްފި

ރާއްޖެއިން ލިބެން ހުންނަ ފަރުވާތަކަށް ވީނަމަވެސް، ބަލިމީހާގެ ހާލަތަށާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވޭ ގޮތަށް އުސޫލުތަކަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

Ad Image
Ads by

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އާސަންދަ ކުންފުނިން ގެނައި މި ބަދަލާއެކު، ސްޕެޝަލިސްޓް ޑޮކްޓަރުން ރިފަރަލް ދެއްވައިފިނަމަ، ބަލީގެ ބާވަތާއި، ބަލިމީހާގެ ހާލަތުގެ އިތުރުން ރާއްޖޭގައި އެ ފަރުވާ ހޯދުމުގައި ހުރި ދަތިތަކަށް ބަލައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަ ދޭނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދާ ފަރާތްތަކަށް ވެސް، ރާއްޖޭގައި އެ ހިދުމަތަކަށް ހިނގާނެ ޚަރަދަށް ބަލައި އާސަންދަ ސްކީމުން އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި އާ ބަދަލުގެ ދަށުން، ވެލްފެއަރ ސްކީމުން ބޭރަށް ފޮނުވާ ބަލިމީހުން އިތުރު އޮޕަރޭޝަނެއް ކުރަންޖެހޭ ހާލަތްތަކުގައި ވެސް ރާއްޖޭގައި އެކަމަށް ކަނޑައެޅިފައިވާ އަގާ އެއްވަރަށް އާސަންދައިން ކަވަރުކޮށްދޭނެއެވެ. އަދި އަމިއްލަ ޚަރަދުގައި ބޭރަށް ފަރުވާއަށް ގޮސް އުޅެނިކޮށް ދިމާވާ ސިއްހީ ކުއްލި ހާލަތްތަކުގައި ވެސް މިހާރު އާސަންދަ ސްކީމުގެ އެހީތެރިކަން ލިބޭނެއެވެ.

އިންޑިއާ، ސްރީލަންކާ، ފިލިފީންސް އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްފައިވާ ”މެރަނަ“ ސްކީމަށް ވެސް ވަނީ މުހިންމު ލުއިތަކެއް ގެނެސްފައެވެ. އެގޮތުން ކުއްލި ހާލަތްތަކުގައި އެމްޕެނަލް ކުރެވިފައިވާ ހޮސްޕިޓަލްތަކުން ކޭޝްލެސްކޮށް ފުލް ކަވަރޭޖް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އިދާރީ ގޮތުން ކުރިމަތިވާ ތަކުލީފުތައް ކުޑަކުރުމަށްޓަކައި، ރީޖަނަލް ނުވަތަ އަތޮޅު ހޮސްޕިޓަލްތަކުން ފޮނުވާ ރިކޮމެންޑޭޝަން ފޯމްތަކުގައި މައްސަލައެއް އުޅޭނަމަ، ބަލިމީހާ އިތުރު ތަހުގީގުތައް ކުރުމުގެ ބަދަލުގައި އާސަންދަ ކުންފުނިން އަމިއްލައަށް ކަމާގުޅޭ ޑޮކްޓަރުންގެ އޮޕީނިއަން ހޯދާ ގޮތަށް ވެސް މިހާރު ވަނީ ނިންމާފައެވެ.

މި ބަދަލުތަކަކީ ސަރުކާރުން ސިއްހީ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލުތަކެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި