Wednesday, 9 September 2026
Ads by

އީރާނު-އެމެރިކާ ހަނގުރާމަ: ދެ ޤައުމުގެ ދެމެދު ޙަމަލާ ބަދަލުކޮށްފި

އީރާނު-އެމެރިކާ ހަނގުރާމަ: ދެ ޤައުމުގެ ދެމެދު ޙަމަލާ ބަދަލުކޮށްފި

ހުރުމުޒް ކަނޑުއޮޅީގެ ކުރިމަތިލުން: ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތެއް ކަމަކު، އެމެރިކާއާއި އީރާނުން ދަނީ ދެ ޤައުމު ދެމެދު ޙަމަލާތައް ބަދަލުކުރަމުން (ރިޕަބްލިކް ވޯލްޑް)

ހަނގުރާމަ ހުއްޓާލުމަށް ބާއްވާ ސުލްޙައިގެ މަޝްވަރާތައް ކުރިއަށްދަނިކޮށް، އެމެރިކާއާއި އީރާނާ ދެމެދު މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އަސްކަރީ ކުރިމަތިލުން ރޭގެ ވަގުތެއްގައި ހިނގައިފިއެވެ. އޭޕްރީލް މަހު ޤާއިމުކުރި ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް، އެމެރިކާގެ ވައިގެ ސިފައިން ވަނީ އީރާނުގެ ދެކުނު ގޮނޑުދޮށުގައިވާ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ބޮންއެޅުމުގެ ޙަމަލާތަކެއް ދީފައެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ވަނީ މިއަދު ހެނދުނު އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ވަގުތުން މިސައިލާއި ޑްރޯންގެ ވަރުގަދަ ރައްދު ޙަމަލާއެއް ދީފައެވެ.

Ad Image
Ads by

ސިރީކް އައިލެންޑްގެ ޓަވަރަށް ޙަމަލާދިނުމާއި ކުވެއިތުގެ ސައިރަން
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޭރުގެ އަސްކަރީ ބާރުތަކުން ވަނީ ހޯރްމުޒްގާން ޕްރޮވިންސްގެ ސްޓްރެޓީޖިކް ރަށެއް ކަމަށްވާ ސިރީކް އައިލެންޑްގެ ޓެލެކޮމިއުނިކޭޝަން ޓަވަރު ހަލާކުކޮށްލަން ޙަމަލާދީފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ އީރާނުން އެމެރިކާގެ އެމްކިއު-1 ޑްރޯންއެއް ވައްޓާލުމާ ގުޅިގެން، ރައްދުގައި އީރާނުގެ ގޮރޫކް އަދި ގޭޝްމް އައިލެންޑްގައި ހުރި ރާޑަރުތަކާއި ދިފާޢީ ނިޒާމުތަކަށް ބޮންއަޅާފައިވާ ކަމަށެވެ.

މީގެ ސީދާ ރައްދުގައި، އީރާނުގެ އައި.އާރް.ޖީ.ސީ އިން ވަނީ އެ ޓެލެކޮމް ޓަވަރަށް ބޮންއަޅަން މަތިންދާބޯޓުތަކާއި ޑްރޯންތައް ފޮނުވި އަސްކަރީ އެއަރބޭސް ހޯދައި، އެތަނަށް މިސައިލް ޙަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ޙަމަލާތަކާ ގުޅިގެން، އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު އޮންނަ ކުވެއިތުގެ އެއަރ-ޑިފެންސް ސިސްޓަމްތައް ވަނީ އެކްޓިވްވެފައެވެ. ކުވެއިތުގެ ރަސްމީ ނޫސް އޭޖެންސީ ”ކޫނާ“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު މުޅި ކުވެއިތުގައި ވަނީ ހަނގުރާމައިގެ ނުރައްކަލުގެ ސައިރަންގެ އަޑު ގޮވާފައެވެ.

މި އަސްކަރީ ކުރިމަތިލުންތަކުން ދޭހަވަނީ، ބައިނަލްއަޤްވާމީ މައިދާނުގައި ސުލްޙައިގެ ވާހަކަތަކާއި އެއްބަސްވުންތައް ދައްކައިގެން ތިބޭއިރުވެސް، ކާފަރު ބާރުތަކުން އެމީހުންގެ މަސްލަޙަތުތަކާ ދެކޮޅުވާ ކޮންމެ ޤައުމެއްގެ މުވާޞަލާތީ އަދި ސަލާމަތީ ނިޒާމުތައް ބަލިކަށިކޮށްލުމުގެ އިސްތިރާޖީ ޕްލޭންތައް އެކުލަވާލާ ކަމެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ”އީރާނުން ބޭނުންވަނީ އެއްބަސްވުމަކަށް އަންނަން“ ކަމަށް ބުނެ ބަޔާންތައް ނެރެމުންދާއިރުވެސް، އީރާނުގެ ބަނދަރުތަކަށް ހުރަސްއެޅުމާއި ސަރަޙައްދީ ބިންތަކަށް ބޮންއެޅުމުގެ އޮޕަރޭޝަންތައް ދަނީ މެދުނުކެނޑި ކުރިއަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި