Wednesday, 9 September 2026
Ads by

”ނެނޯ ނީޑަލް“ ޓެކްނޮލޮޖީއާއެކު ހުޅުތަކުގެ ސާޖަރީއަށް އިންގިލާބީ ބަދަލެއް: އައިޖީއެމްއެޗާއި ދަރުމަވަންތައިގައި ހިދުމަތް ފަށައިފި

”ނެނޯ ނީޑަލް“ ޓެކްނޮލޮޖީއާއެކު ހުޅުތަކުގެ ސާޖަރީއަށް އިންގިލާބީ ބަދަލެއް: އައިޖީއެމްއެޗާއި ދަރުމަވަންތައިގައި ހިދުމަތް ފަށައިފި

ރާއްޖޭގެ ސިއްހީ ދާއިރާއަށް އައި ބޮޑު ކުރިއެރުމަކާއެކު، މުޅިން އަލަށް ”ނެނޯ ނީޑަލް“ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހުޅުތަކުގެ އެތެރެ ބަލައި ފަރުވާދިނުމުގެ ހާއްސަ ސާޖަރީތައް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފިއެވެ. މިއީ ރާއްޖޭގެ ކުދި ހުޅުތަކަށް ޖެހޭ ބަލިތަކަށް ފަރުވާ ހޯދުމުގައި ލިބިގެންދިޔަ ތާރީހީ ކުރިއެރުމެކެވެ.

Ad Image
Ads by

ނެނޯ ނީޑަލް ސާޖަރީއަކީ މިހާރު އާންމުކޮށް ކުރަމުންދާ އާތްރޮސްކޮޕިކް ސާޖަރީތަކާ ހިލާފަށް، މާ ކުޑަ ލޯވަޅަކުން ކުރެވޭ ސާޖަރީއެކެވެ. މި އައު ޓެކްނޮލޮޖީގައި ބޭނުންކުރަނީ އިންޖެކްޝަން ކައްޓެއްހާ ހަނި، އަދި އެކި ގޮތްގޮތަށް ލަނބާލެވޭ ފްލެކްސިބަލް ކެމެރާއެކެވެ. މި ކެމެރާގެ އެހީގައި، އާދައިގެ ކެމެރާތަކަށް ނުވަދެވޭ ފަދަ ހަނި ދޭތެރެތަކަށް ފަސޭހައިން ވާސިލުވެ، ހުޅުގެ އެތެރޭގެ މައްސަލަތައް ސީދާކޮށް ދެނެގަނެ ފަރުވާ ދެވޭނެ މަގު މިވަނީ ތަނަވަސްވެފައެވެ.

މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ އޯތޮޕީޑިކްސް ޑިޕާޓްމެންޓުގެ ކޮންސަލްޓަންޓް ޑރ. އިސްމާއިލް ޒާހިރު ވިދާޅުވީ، މި އައު އުކުޅާއެކު ބަލި ދެނެގަތުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

”ނެނޯ ނީޑަލް ކެމެރާ ބޭނުންކޮށްގެން ބެލުމުން، ހުޅުތެރޭގައި އިތުރު ކަށިކޮޅެއް ހުރިތޯއާއި، ކާޓިލޭޖް ނުވަތަ އޮމާން ފަށަލައަށް ލިބިފައިވާ ގެއްލުންތަކުގެ އިތުރުން ލިގަމެންޓުގެ ހާލަތު އެމްއާރްއައި އެއް ނަހަދާވެސް ސީދާ ބަލައިލެވޭނެ،“ ޑރ. ޒާހިރު ވިދާޅުވިއެވެ.

މި ސާޖަރީގެ އެންމެ ބޮޑު އެއް ފައިދާއަކީ ”ޑޭކެއަރ“ އުސޫލުން، އެބަހީ ހޮސްޕިޓަލުގައި އެޑްމިޓްނުކޮށް ފަރުވާ ދެވުމެވެ. މިކަމާ ގުޅޭގޮތުން އެނެސްތީޝިއާ ޑިޕާޓްމެންޓުގެ ޑރ. އައްސަދު މުހައްމަދު ޝަހީދު ފާހަގަކުރެއްވި ގޮތުގައި، މި އައު އުކުޅުގެ ސަބަބުން ބަލިމީހާ ހޮސްޕިޓަލުގައި މަޑުކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

”މި އޮޕަރޭޝަން ނިންމާލުމަށްފަހު އެދުވަހުން އެދުވަހަށް ބަލިމީހާއަށް ގެއަށް ދެވޭނެ. އަދި އޮޕަރޭޝަނަށްފަހު ވާ ތަދު ކުޑަވުމުން، ފިޒިއޮތެރަޕީގެ ކަންކަން އަވަހަށް ފެށި، ބަލިމީހާގެ ހާލަތު އަވަހަށް ރަނގަޅުވެގެންދާނެ،“ ޑރ. އައްސަދު ވިދާޅުވިއެވެ.

މީގެއިތުރުން، އެހެނިހެން ބަލިތައް ހުންނަ ’ހައި-ރިސްކް‘ މީހުންނަށްވެސް މިއީ ރައްކާތެރިކަމާއެކު ދެވޭނެ ފަރުވާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އައު ހިދުމަތަކީ ރާއްޖޭގެ ސިއްހީ ނިޒާމު ޒަމާނީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން، ދިވެހި ބަލިމީހުންނަށް ރާއްޖޭގައި ތިބެގެން ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ފަރުވާ ހޯދުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި