މުސްލިމުންގެ މުގައްދަސް ބޮޑު ޢީދު (ޢީދުލް އަޟްޙާ) ބަންދުގެ 4 ދުވަސް ތެރޭގައި، އެމެރިކާ މެދުވެރިވެގެން ހަދާފައިވާ ”ސުލްޙައިގެ އެއްބަސްވުމަށް“ އެއްވެސް ބެލުމެއްނެތި އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ބޮންއެޅުމުގެ ޙަމަލާތަކެއް ދީފައިވާކަން ފަހުގެ އަސްކަރީ ރިޕޯޓްތަކުން ކަށަވަރުވެއްޖެއެވެ. ޢީދުގެ ބަންދަށްފަހު އާންމުވި ރަސްމީ ތަފާސްހިސާބުތަކުން އެނގޭގޮތުގައި، މި ޙަމަލާތަކަކީ އެމެރިކާގެ ސިޔާސީ ރޭވުންތަކުގެ ހިޔަލުގައި ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޢީދުގެ އުފާ ފާޅުކުރަން ތިއްބައި ދިން މި އަނިޔާވެރި ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ޢީދުގެ 4 ދުވަހުގެ ތެރޭގައި ޣައްޒާގެ މީހުން ދިރިއުޅޭ ގެތަކަށް ބޮންއަޅައި 33 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ۔
މި ޙަމަލާތަކުގައި 130 އަށްވުރެ ގިނަ މީހުން ސީރިއަސްކޮށް ޒަޚަމްވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ބޮމުގެ އެތިކޮޅުތަކުން (ޝްރަޕްނެލް) ޒަޚަމްވި ކުޑަކުދިންނާއި އަންހެނުންނެވެ. މިއާއެކު ޣައްޒާގައި ބާކީހުރި ކުޑަކުޑަ މެޑިކަލް ކުލިނިކްތަކާއި ޓްރިއާޖް ނެޓްވޯކްތައް ވަނީ މީހުން ތޮއްޖެހި އެއްކޮށް ހުއްޓުމަކަށް އައިސްފައެވެ.











