Wednesday, 9 September 2026
Ads by

ޢީދު ފާހަގަކުރުމުގެ ނަމުގައި ޞަޙާބާއިންނާއި މުޖާހިދުންނަށް ހަޖޫޖެހުން: ޝެއިޚް ޒަމްޒަމްގެ ކަންބޮޑުވުން

ޢީދު ފާހަގަކުރުމުގެ ނަމުގައި ޞަޙާބާއިންނާއި މުޖާހިދުންނަށް ހަޖޫޖެހުން: ޝެއިޚް ޒަމްޒަމްގެ ކަންބޮޑުވުން

ދިވެހިރާއްޖޭގެ ބައެއް ރަށްރަށުގައި ޢީދު ފާހަގަކުރުމުގެ ނަމުގައި އިސްލާމީ އުޞޫލުތަކާއި ޚިލާފު، ލަދުވެތިކަން ކުޑަ ޢަމަލުތަކެއް ހިންގަމުންދާތީ އެކަމުގެ ކަންބޮޑުވުން ދީނީ ޢިލްމުވެރިޔާ ޝެއިޚް ޒަމްޒަމް ފާރިޝް ފާޅުކުރައްވައިފިއެވެ.

Ad Image
Ads by

ޝެއިޚް ޒަމްޒަމް ފާރިޝްގެ ފޭސްބުކް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވިދާޅުވީ، ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ކަންތައްތަކަކީ އިންތިހާއަށް ހިތާމަވެރި އަދި ޖާހިލު ޢަމަލުތަކެއް ކަމަށެވެ. އެއީ ކޮން ރަށެއްގައި ހިނގި ކަމެއްކަން ސާފުނުވި ނަމަވެސް، ޞަޙާބީ ބޭކަލުން ތުރުކުރެއްވި ފަދަ ކަޅު ކުލައިގެ ޙިޖާބު ލައިގެން ތިބެ، އެއްވެސް ލަދުވެތިކަމެއް ނެތި ހިލޭ ފިރިހެނުންގެ ކުރިމަތީގައި ބިންމަތީ އޮށޯވެ ފުރޮޅި ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝެއިޚް ވިދާޅުވިއެވެ. ޝެއިޚް އެ ޢިޝާރާތް ކުރެއްވި ޢަމަލު ހިންގާފައިވަނީ ނ. އަތޮޅު ކެނދިކުޅުދޫގައެވެ.

މީގެ އިތުރުން، މި ޢަމަލުތަކަކީ މުޖާހިދުންނަށް ޖޯކުޖަހައި، ޝަހީދުންނަށް ފުރައްސާރަ ކުރުމުގެ ގޮތުން ހިންގާފައިވާ ކަންތައްތަކެއްގެ ގޮތުގައި ޝެއިޚް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ދިވެހިންގެ ތެރެއިން ބައެއް މީހުން މިދަނީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުފެންނަ ފަދަ ދަށު ދަރަޖައިގެ ޖާހިލުކަމެއްގެ ތެރެއަށެވެ.

”އަމިއްލަ ވެޑިންގ ޑްރެސް ލައިގެން މި މީހުން މަގުމަތީ މިހެން ފުރޮޅުމުގެ ބަދަލުގައި، ކަޅު ޖުއްބާއާއި ލައި، ބޮޑުބުރުގާ އަޅައި މޫނު ނިވާކޮށްގެން މި ޖަރީމާ މި ހިންގީ ކާކަށް އޮޅުވާލަންބާ؟“ ޝެއިޚް ސުވާލު އުފެއްދެވިއެވެ.

މީސްތަކުންނަށް އޮޅުވާލެވުނު ނަމަވެސް، މާތްﷲ އަށް އެއްވެސް ކަމެއް އޮޅުވައިނުލެވޭނެކަން ހަނދާންކޮށްދެއްވަމުން، އެއީ އެކަލާނގެ ކޯފާއަށް ހުށަހެޅިގަނެފައިވާ ބައެއްގެ ގޮތުގައި ޝެއިޚް ސިފަކުރެއްވިއެވެ. އަދި މިފަދަ މީހުންގެ ސުންޕާކަމުން މި ޤައުމު ސަލާމަތްކޮށްދެއްވުން އެދި ޝެއިޚް ވަނީ ދުޢާ ކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސޯޝަލް މީޑިއާގައި އަމާޒުވަމުންދާއިރު، އިސްލާމީ މުޖުތަމަޢެއްގައި ޢީދު ފާހަގަކުރަންވާނީ ދީނީ އަދި އަޚްލާޤީ މިންގަނޑުތަކުގެ ތެރޭގައި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ޢީދުގައި ވިލިމާލޭގައިވެސް މިސްކިތް ކުރިމަތީގައި ފާޅުކަންބޮޑުކޮށް މުންކަރާތް ފެތުރުމުން ފާޑުކިޔުން އަމާޒު ވުމާއެކު ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ އެކަން ދިފާއުކޮށް، ކަންބޮޑުވުން ފާޅުކުރި ފަރާތް ކުށްވެރިކޮށް އޭނާގެ މީހުން ލައްވާ ފުރައްސާރަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި