Wednesday, 9 September 2026
Ads by

ޑަބްލިޔުއެޗްއޯގެ ލަފަޔާއެކު ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން މަޝްވަރާކުރަނީ

ޑަބްލިޔުއެޗްއޯގެ ލަފަޔާއެކު ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން މަޝްވަރާކުރަނީ

ހޯމް މިނިސްޓަރު ޢަލީ އިޙްސާން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯރޓް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ލަފާދީފައިވާތީ އެ ބަދަލު ގެނައުމާ މެދުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު އިޙްސާން މި މޭރުމުން ވިދާޅުވީ، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅިގެން ވޭޕް ބޭނުންކުރަމުން އައި މީހުން، ދުންފަތުގެ ބާވަތްތައް ބޭނުންކުރަން ފަށާނެ ކަމަށް ބަލައި އެ ބާވަތްތަކުން ނަގަމުން އައި އިމްޕޯރޓް ޑިއުޓީ މި ސަރުކާރުން ބޮޑުކޮށްފައިވާ ކަމަށެވެ.

ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯރޓް ޑިއުޓީއަށް އެންމެފަހުން ބަދަލެއް ގެނެސްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ވަނީ 3.30 ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކޮށްފައެވެ.

އިމްޕޯރޓް ޑިއުޓީ ރޭޓަށް ބަދަލު ގެނައުމަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ގެންގުޅޭ އުކުޅެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، ސަރުކާރުން ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯރޓް ޑިއުޓީ އޭރު ބޮޑުކުރީ ވޭޕް މަނާކުރުމާއެކު، ގިނަ ބަޔަކު ދުންފަތުގެ ބާވަތްތައް ބޭނުންކުރާނެ ކަމަށް ކުރެވުނު ދިރާސާތަކުން ހާމަވުމާއި ތަޖުރިބާކާރުންގެ ލަފާ ވެސް އެގޮތަށް ލިބުމުން ކަމަށެވެ.

”މި ވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗުއޯއިން ހެއްދެވި ދިރާސާއަކުން ރާއްޖެއަށް ރިކޮމެންޑް ކުރައްވާފައި އޮތް އެއް ޑިއުޓީ ރޭޓަކީ 2026 ވަނަ އަހަރަށް އެއީ ސްޕެސިފިކް ރޭޓް ހަތަރު ރުފިޔާގެ ގޮތުގައި، މިއީ އަޅުގަނޑުމެން ހަމަ ކޮންސިޑަރ ކުރަމުން އަންނަ ރޭޓެއް މިހާރު ވެސް.“ –  މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރު އިޙްސާން އިތުރަށް ވިދާޅުވީ، ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯރޓް ޑިއުޓީ ރޭޓަށް ބަދަލު ގެނައުމުގެ ކުރިން ކަމާބެހޭ ހުރިހާ އިދާރާތަކާއި ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. މަޝްވަރާ ކުރެއްވުމަށްފަހު، ރޭޓަށް ބަދަލު ގެންނަންޖެހޭ ކަމަށް އެއްބަސްވޭ ނަމަ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ލަފާ ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި