Saturday, 24 October 2026
Ads by

މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް، ނައިބު ރައީސް އައްޔަނުކުރުމުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފި

މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް، ނައިބު ރައީސް އައްޔަނުކުރުމުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވުމަށް ތާވަލުކުރި ޖަލްސާ ކެންސަލްކޮށްފިއެވެ.

Ad Image
Ads by

މަޖިލީހުގެ މިއަދުގެ ޖަލްސާ ބާއްވާ ވަގުތު މިއަދު މެންދުރު 1:00 އަށް ފަސްކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކުރުމަށްފަހު މާދަމާގެ ވަގުތެއްގައި އެ ޖަލްސާ ބޭއްވުމަށް ވަނީ ނިންމައިފައެވެ. މަޖިލީހުގެ ޖަލްސާ ކެންސަލް ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް މަޖިލީހުން ބުނެދީފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް އޮތީ ހަމަޖައްސައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އެ މަގާމުން ނާޒިމް އިސްތިއުފާދެއްވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި ފިތުނަ އުފައްދައި މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި އެ މަގާމުން އޭނާ ވަކިކުރުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައިވަނިކޮށެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ނާޒިމް ވަކިކުރުގެ މަސައްކަތް ކުރުމަށް މިއަދުގެ ޖަލްސާއަށް ތާވަލުކުރިއިރު، އޭނާ ވަނީ މިއަދު އަމިއްލައަށް އިސްތިއުފާ ދެއްވައިފައެވެ.

އެ މަގާމުން އޭނާ ވަކިކުރަން ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން އޭރު ނިންމީ، އަމިއްލައަށް އިސްތިއުފާ ދިނުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެކަން އެގޮތަށް ކުރުމަށް އިންކާރު ކުރުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ނާޒިމް ވަކިކުރުމުގެ ގަރާރުގައި ޕީއެންސީގެ 73 މެންބަރަކު ވަނީ ސޮއިކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި