Wednesday, 9 September 2026
Ads by

ގުޅުން ބަދަހިކޮށް އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް ޢަމަލުތައް ބައްޓަންކުރަން ޖެހޭ: ރައީސް

ގުޅުން ބަދަހިކޮށް އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް ޢަމަލުތައް ބައްޓަންކުރަން ޖެހޭ: ރައީސް

ރައީސް މުޢިއްޒު: ވިދާޅުވީ ގުޅުން ބަދަހިކޮށް އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް ޢަމަލުތައް ބައްޓަންކުރަން ޖެހޭ ކަމަށް - ފޮޓޯ:ރައީސް އޮފީސް

އެންމެންގެ މެދުގައި ގުޅުން ބަދަހިކޮށް، އިސްލާމީ ރިވެތި އާދަތަކުގައި ހިފަހައްޓައި، އެފަދައިން ޢަމަލުތައް ބައްޓަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

Ad Image
Ads by

ރަމަޟާން މަހަކީ، ހުރިހާ ގޮތަކުން ވެސް ހެޔޮކަމުގެ މައްސަރު ކަމުގައި ފާހަގަކުރައްވައި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ އެކަކު އަނެކަކަށް ހެޔޮ ފޯރުވުމުގެ އާދަ އިތުރަށް ހަރުދަނާ ކުރުމަށް ބާރުއަޅުއްވާފައެވެ.

ރައީސްގެ ޚިޠާބުގައި ވަނީ ހެޔޮ ފޯރުވުމުގައި ނަމޫނާ ދެއްކުމުގެ ގޮތުން ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މަސްވެރިން ކިރުވި މަހަށް ފައިސާ ނުލިބުމުގެ މައްސަލަ ރޯދައަށް ޙައްލުކޮށްދެއްވައި ކުއްލިހާލަތުގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތައް ރޯދައިގެ ކުރިން ޙައްލުކޮށްދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވެފައި ވަނީ ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ފަރާތުން ހަދިޔާއެއް ދިނުމާއި ރަމަޟާން މަހުގެ ފަހު ދިހައެއް އަޅުކަމަށް ޚާއްޞަކުރެވި، އޮފީސްތައް ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

”އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެއް ފަދަ ބަދަހި އުންމަތެކެވެ. މި ބަރަކާތްތެރި މައްސަރުގައި އަޅުގަނޑުމެން މުޅި އުންމަތަށް ހެޔޮދުޢާ ކޮށްދޭންވާނެއެވެ. ވަކީން ޚާއްޞަކޮށް، މި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، ފަލަސްޠީނުގެ ބިމުގައި ހަނގުރާމަ އާ، ބިރުވެރިކަމާ، ހައިހޫނުކަމުގައި، ގެދޮރާ ޢާއިލާ ގެއްލި ބިކަވުމުގެ ޙާލަތު ކުރިމަތިވެފައިވާ އަޅުގަނޑުމެންގެ މުސްލިމް ތުއްތުކުދީންނާ، އުޚްތުންނާ، އަޚުންގެ މަތީން އަޅުގަނޑުމެން ހުރިހާ ދިވެހީން އަބަދުމެ ހަނދާންވެއެވެ. މުސްލިމުންގެ މުޤައްދަސް އެއް މިސްކިތް ކަމުގައިވާ އަލްމަސްޖިދުލް އަޤްޞާ ހުރި ބަރަކާތްތެރި ވަޠަނުގައި، އިސްލާމްދީނާއި މިނިވަންކަމުގެ ޙައްޤުގައި ފަލަސްޠީނުގެ އަހުލުވެރީން ކުރަމުންދާ ޖިހާދަށް ނަޞްރު ދެއްވައި، އަނިޔާވެރީންގެ ކެހިވެރިކަމުން މިންޖުކުރައްވާށިއެވެ،“ ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރަމަޟާން މަހުން މުސްލިމުންނަށް ލިބިދޭ ފިލާވަޅުތައް ގިނަގުނަ ކަމުގައެވެ. މިއީ ކެތްތެރިކަމުގެ މައްސަރު ކަމަށާއި އެކަކު އަނެކެއްގެ ބުރަތައް ލުއިކޮށް ދިނުމުގެ މައްސަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވެފައި ވަނީ މިއީ މާފަށް އެދުމާއި މާފުކުރުމުގެ މައްސަރު ކަމަށެވެ. އަދި އިސްތިޣުފާރު ކުރުމާއި ތައުބާވެ، އަމިއްލަ ނަފުސު އިޞްލާޙުކުރުމުގެ ފުރުޞަތެއްކަން ވެސް ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި