Saturday, 24 October 2026
Ads by

ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް ކަމުން ނާޒިމް އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް ކަމުން ނާޒިމް އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނިކޮށް، އެ މަޤާމުން އިސްތިއުފާ ދެއްވިކަން ނާޒިމް އިޢުލާން ކުރައްވައިފިއެވެ.

Ad Image
Ads by

މިއަދު (31 މެއި 2026) ނެރުއްވި ނޫސް ބަޔާނެއްގައި ނާޒިމް ވިދާޅުވީ، އޭނާ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއް ކަމަށެވެ. އަދި އެ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް އެ ޤަރާރުގައި ބަޔާންކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވަނީ، މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުންނާއި މެންބަރެއްގެ ހައިސިއްޔަތުންވެސް، ޤާނޫނުއަސާސީއާއި މަޖިލީހުގެ ޤަވާއިދާ ޚިލާފުވެފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައި ނުވާ ކަމަށެވެ. އޭނާ މަޤާމުގެ ވާޖިބުތައް އަދާކުރައްވާފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށްވެސް ވިދާޅުވިއެވެ.

”އަޅުގަނޑު މަސައްކަތް ކޮށްފައިވާނީ ޤާނޫނާއި ޤަވާއިދުގެ އިމުގެ ތެރެއިން ހުރިހާ މެންބަރުންނަށް ހަމަހަމަ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށެވެ. އެއްވެސް މެންބަރެއްގެ ވާޖިބެއް އަދާކުރުމަށް ހުރަސްއަޅާފައެއް ނުވާނެ،“ ނާޒިމްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ވަކި ސިޔާސީ ފިކުރަކަށް ތަބާވެ ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ، އޭނާ މަޤާމުން ވަކިކުރަން ހުށަހެޅި ސަބަބުތަކަކީ ހަޤީޤަތެއް ނޫން ކަމުގައި ވިޔަސް، ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ހުރިހާ މެންބަރުން ސޮއިކުރައްވައި އެފަދަ ހުށަހެޅުމެއް ހުށަހެޅުމުން، އެކަމަށް އިޖާބަ ދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުން އެންމެ ތަހުޒީބީ ގޮތް ކަމަށް ދެކޭތީ ކަމަށެވެ.

އިސްތިއުފާ ދެއްވަމުން ނާޒިމް ވަނީ ކުރެވިފައިވާ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވާފައެވެ. ނަމަވެސް، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށާއި، ދިވެހި ދައުލަތުގައި ޤާނޫނުގެ ވެރިކަން ނަގަހައްޓަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.

ނާޒިމްގެ މި ނިންމެވުން އައިސްފައިވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި އިންނަވައިގެން މިއަދުގެ ޖަލްސާގައި މި މައްސަލަ ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައި ވަނިކޮށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި