Sunday, 26 July 2026
Ads by

ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމުތައް ރާއްޖެ އަތުވެއްޖެ

ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމުތައް ރާއްޖެ އަތުވެއްޖެ

ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމުތައް ރާއްޖެ އައުން.. ފޮޓޯ/ ޕީއެސްއެމް ނިއުސް

ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ”ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތް“ އަންނަ ހޯމަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާއިރު، މި މުބާރާތުގައި ވާދަކުރާ ހުރިހާ ޤައުމީ ޓީމުތަކެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

Ad Image
Ads by

މި މުބާރާތުގައި ޖުމްލަ ހަތަރު ޤައުމަކުން ވާދަކުރެއެވެ. އެއީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ދިވެހިރާއްޖޭގެ އިތުރުން އަފްޣާނިސްޠާން، ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.

ރާއްޖެއިން ބޭރުގެ ޓީމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެ އައީ އަފްޣާނިސްޠާން ޓީމެވެ. މިއަދު ހެނދުނު ރާއްޖެ އައި އެ ޓީމުގައި ޖުމްލަ 12 ކުޅުންތެރިން ހިމެނެއެވެ. އެއަށްފަހު، މިއަދު މެންދުރުފަހުގެ ވަގުތެއްގައި ބަންގްލަދޭޝްގެ ”ބީ“ ޓީމާއި ޕާކިސްތާންގެ ގައުމީ ޓީމު ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖެއަށް ޒިޔާރަތްކުރި މި ތިން ޓީމުވެސް ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ބާސެލޯ ނަސަންދުރައިގައެވެ.

މި މުބާރާތުގައި ވާދަކުރާ ދިވެހިރާއްޖޭގެ ޤައުމީ ޓީމުވެސް މިރޭގެ ވަގުތެއްގައި ނަސަންދުރައަށް ބަދަލުވެ، ކޭމްޕް ކުރަން ފަށާނެ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު ވެސް މިރޭގެ ވަގުތެއްގައި ނަސަންދުރައިގައި ކޭމްޕް ކުރާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅޭނީ ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި އަފްޣާނިސްތާނެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ރާއްޖެ ކުޅޭ މެޗުގެ ކުރިންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި