Wednesday, 9 September 2026
Ads by

ޢީދު ފާހަގަކުރަންވާނީ މާތް ﷲ އަށް ޝުކުރުވެރިވެ، ދީނީ އުޞޫލުތަކުގެ ތެރެއިން: ޝެއިޚް ޒަމްޒަމް ފާރިޝް

ޢީދު ފާހަގަކުރަންވާނީ މާތް ﷲ އަށް ޝުކުރުވެރިވެ، ދީނީ އުޞޫލުތަކުގެ ތެރެއިން: ޝެއިޚް ޒަމްޒަމް ފާރިޝް

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޒަމްޒަމް ފާރިޝް: ޝެއިޚް ޒަމްޒަމް އަކީ ކޮންމެ ސަރުކާރެއް ވެރިކަމުގައި އޮތަސް ދީނީ ކަންކަމުގައި ފާޅުގައި ބަސް ވިދާޅުވާން ކެރިވަޑައިގަންނަވާ ބޭފުޅެއް..

މާތްވެގެންވާ އަޟްޙާ ޢީދުގެ އުފާ ފާހަގަކުރަމުންދާއިރު، ޢީދުގެ ކަންކަން ކުރިއަށްގެންދަންވާނީ އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރެއިން ކަމަށާއި، އެއީ މާތް ﷲ އަށް ޝުކުރުވެރިވުމަށް އޮތް ދުވަހެއްކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝެއިޚް ފާރިޝް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތް ﷲ ޢީދު ދުވަސް ލައްވާފައިވަނީ އެކަލާނގެ މަތިވެރިކޮށް، ޝުކުރުވެރިވުމަށްޓަކައި ކަމަށެވެ. ނަމަވެސް، މިއަދު ބައެއް ރަށްރަށުން ފެންނަ މަންޒަރުތަކަށް ބަލާއިރު، އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް، މަލާމާތްކުރުމުގެ ދުވަހެއްގެ ގޮތުގައި ޢީދު ހަދާފައިވާ ފަދަ އިހުސާސެއް ކުރެވޭ ކަމަށް ޝެއިޚް ކަންބޮޑުވުމާއެކު ފާހަގަކުރެއްވިއެވެ.

ޢީދުގެ ފޯރީގައި ނަމާދަށް ފަރުވާކުޑަ ކުރެވޭ މައްސަލައަށް އިޝާރާތް ކުރައްވައި ޝެއިޚް ސުވާލު އުފައްދަވާފައިވަނީ ”މިއަދު ޢީދު، މާދަން ނަމާދު ބާ؟“ މިފަދައިންނެވެ. މީގެ މާނައަކީ ޢީދުގެ އުފަލުގައި މަސްއޫލުވެ، އަޅުކަންތަކާ ދުރުހެލިވުމަކީ ހިތާމަހުރި ކަމެއްކަމެވެ.

ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ޝެއިޚް ވިދާޅުވީ، ދަރިން ނުބައި ކަންކަމުން ދުރުކުރަން ބޭނުންވާނަމަ، އެކުދިން ލައްވައި ނުބައި ކަންކަމާ ދެކޮޅަށް އެއްޗެހި ކިޔުއްވައި، ރަނގަޅު މަގު ދައްކައިދޭން ޖެހޭ ކަމަށެވެ. މިއީ ކުދިންގެ ކިބައިގައި ދީނީ އަދި އަޚްލާޤީ ސިފަތައް އަށަގެންނެވުމަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޢީދު ކުޅިވަރުތަކުގެ ނަމުގައި ހިންގޭ ނޭދެވޭ ކަންކަމަށް ފާޑުވިދާޅުވަމުން ޝެއިޚް ވިދާޅުވީ، ހިލޭ ފިރިހެނުންނާއި އަންހެނުންގެ ކުރިމަތީގައި ނަށައި، ނާޗަރަންގީ ކުޅެގެން އެހެން މީހުންގެ ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް، އަމިއްލަ ޢާއިލާއަށް ދޭންޖެހޭ ލޯތްބާއި ސަމާލުކަން ދޭނެ ވަގުތެއް ނޯންނާނެ ކަމަށެވެ.

ޝެއިޚް ފާރިޝްގެ މި މެސެޖަކީ ޢީދުގެ އުފާ ފާހަގަކުރާއިރު، ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހިފެހެއްޓުމަށާއި، އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ދެއްވި މުހިންމު ނަޞޭޙަތެކެވެ.

ކޮންމެ ޢީދަކާ ދިމާކޮށް މުންކަރާތްތަކަށް އަރައިގަންނަމުން ދިއުމާއި ގުޅިގެން ދީނީ ޢިލްމުވެރިން ދަނީ ނަޞޭޙަތްތެރިވަމުންނެވެ. އެހެންނަމަވެސް މިފަދަ ކޮންމެ ވަގުތަކު އެއްބަޔަކު ނުކުމެ ޢިލްމުވެރިންނަށް ފޮށި ފުރައްސާރަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި