Sunday, 26 July 2026
Ads by

އިޒްރޭލަށް ވާގިވެރިވާ އީޔޫއިން ފަލަސްޠީނުގެ ލީޑަރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

އިޒްރޭލަށް ވާގިވެރިވާ އީޔޫއިން ފަލަސްޠީނުގެ ލީޑަރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ބެންޖަމިން ނަތަންޔާހޫ އަދި އިމަނުއެލް މެކްރޮން ޕެރިހުގައި، 10 ޑިސެމްބަރު 2017. [ރޮއިޓާސް/ފިލިޕް ވޮޖޭޒަރ]

ބައިނަލްއަޤްވާމީ ސިޔާސީ މައިދާނުގައި ހުޅަނގުގެ ބާރުތަކުން ގެންގުޅޭ ދެފުށްކެހެރި ސިޔާސަތާއި ބޭއިންޞާފުގެ ރޭވުންތައް އިތުރަށް ހާމަކޮށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ކައުންސިލުން ވަނީ ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުގެ ސިޔާސީ ބިއުރޯގެ އެންމެ އިސް ލީޑަރުންނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް ތަންފީޛުކުރަން ނިންމާފައެވެ۔

Ad Image
Ads by

މި ނިންމުމަކީ އަނިޔާވެރި ޢަދުއްވަކާ ދެކޮޅަށް އަމިއްލަ ދީނާ ޤައުމާއި ރައްޔިތުން ދިފާޢުކުރުމަށް ލިބިފައިވާ ޖިހާދުކުރުމުގެ ޙައްޤަށް ހުރަސްއަޅައި، އެބަޔެއްގެ އަމިއްލަ އަތްތަކުން ހަދައި އެޔަށް ތަބަޢުވާން އެހެން ހުރިހާ އެންމެންނަށް މަޖުބޫރުކުރުވާ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ބާރު ބޭނުންވީމާ ކަނޑުވާލައި، ދުނިޔެ ދެކެމުންދާ ހުޅަނގުން ކަށަވަރުކޮށްދޭ ”އިންސާފު“ގެ އެތައް މިސާލުތަކެއްގެ ތެރެއިން އަނެއްކާވެސް އިތުރު މިސާލެކެވެ.

ބައިނަލްއަޤްވާމީ ޤާނޫނާއި ހުޅަނގުގެ ދެފުށްކެހެރިކަން
އދ. ގެ އާންމު މަޖިލީހުގެ 37/43 ޤަރާރު (UNGA Resolution 37/43) ފަދަ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބަލާއިރު، ބޭރުގެ އިސްތިޢުމާރީ އަދި އަނިޔާވެރި ބާރުތަކާ ދެކޮޅަށް ތެދުވެ، އަމިއްލަ ބިމާއި ސިޔާދަތީ މިނިވަންކަން ދިފާޢުކުރުމުގެ ފުރިހަމަ ޤާނޫނީ ޙައްޤު ހިޞާރުކޮށްފައިވާ ރައްޔިތުންނަށް ލިބިގެންވެއެވެ. ނަމަވެސް، އަމިއްލަ މަސްލަޙަތުތަކާ އިސްލާމްދީނާ ދެކޮޅު އެޖެންޑާތަކާ ޖެހުނީމާ އީޔޫގެ ޢަމަލުތަކުން ފެންނަނީ މުޅިން ޚިލާފު ޙަޤީޤަތެކެވެ:

– އަމިއްލަ ދިފާޢު ކުށަކަށް ހެދުން: އީޔޫގެ އަމުރުގެ ދަށުން، ހަނގުރާމައިގެ ކުރިމަތީގައި އަމިއްލަ ރައްޔިތުންގެ ދިފާޢުގައި ވާހަކަދައްކާ، ނުވަތަ ރަސްމީކޮށް ބަޔާން ނެރޭ ބޭރުގައި ތިބޭ ސިޔާސީ ވެރިންގެ ބަސްބުނުން ވަނީ ޖިނާއީ ”ކުށަކަށް“ ހަދާފައެވެ۔ މިއީ ބޭރުގެ އިސްތިޢުމާރާ ދެކޮޅަށް ދިފާޢީ ބާރުތަކުން ގެންގުޅޭ ސިޔާސީ ވިސްނުން އެއްކޮށް ނައްތާލުމަށް ހިންގާ ބްލެކްމެއިލެކެވެ.

– އިޒްރޭލުގެ ޖަރީމާތަކަށް ޤާނޫނީ ހިމާޔަތް ދިނުން: އދ. ގެ އެތައް ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ޚިލާފަށް، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، މުޅި ރަށްތަކާ ޣައްޒާ ސިޓީ ސުންނާފަތިކޮށް، އާބާދީތައް ނައްތާލަމުންދާ އިޒްރޭލުގެ ސިޔާސީ އަދި އަސްކަރީ ވެރިންނަށް ޔޫރަޕުން ދަނީ ފުރިހަމަ ޤާނޫނީ ހިމާޔަތާއި ހަތިޔާރުގެ އެހީތެރިކަން ފާޅުގައި ފޯރުކޮށްދެމުންނެވެ.

އިޒްރޭލުގެ ނަސްލުހޭދުގައި އީޔޫގެ ބައިވެރިވުމާއި މާލީ ނުފޫޒު
މި ބޮޑު ބޭއިންޞާފުން ކަށަވަރުވަނީ ޔޫރަޕިއަން ޔޫނިއަނަކީ އިޒްރޭލުން މި ހިންގާ ނަސްލުހޭދުގެ ޖަރީމާތަކުގައި ސީދާ ބައިވެރިއެއް ކަމެވެ. ޙަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރުންގެ ނަމުގައި ޔޫރަޕުގެ ބޭންކުތަކުގައިވާ ހުރިހާ ފައިސާއަކާއި މާލީ މިލްކިއްޔާތެއް ހިފަހައްޓައި، ދަތުރުފަތުރު މަނާކުރާއިރު، ޔަހޫދީ އަނިޔާވެރި އިސްތިޢުމާރީ ސަރުކާރުގެ ބޭންކުތަކާއި ވިޔަފާރިތައް ހިނގަމުންދަނީ ހުޅަނގުގެ މާލީ ނިޒާމުތަކުގެ ފުރިހަމަ އެހީގައެވެ.

މި ބޮޑު ބޭއިންޞާފުން ކަށަވަރުވަނީ އީޔޫ އަކީ އިޒްރޭލުން މި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގައި ސީދާ ބައިވެރިއެއް ކަމެވެ. ޙަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރުންގެ ނަމުގައި ޔޫރަޕްގެ ބޭންކުތަކުގައިވާ ހުރިހާ ފައިސާއަކާއި މާލީ މިލްކިއްޔާތެއް ހިފަހައްޓައި، ދަތުރުފަތުރު މަނާކުރާއިރު، އަނިޔާވެރި އިސްތިޢުމާރީ ސަރުކާރުގެ ބޭންކުތަކާއި ވިޔަފާރިތައް ހިނގަމުންދަނީ ހުޅަނގުގެ މާލީ ނިޒާމުތަކުގެ ފުރިހަމަ އެހީގައެވެ.

ހުޅަނގުގެ ބާރުތަކުން ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކުގެ ނަން ބޭނުންކޮށްގެން، އަމިއްލަ އެދުމަށްޓަކައި ދުނިޔޭގެ މަސްރަޙު ކޮންޓްރޯލް ކުރަމުންނެވެ. އެމީހުންގެ ކިބައިގައި އެއްވެސް ”އަޚްލާޤީ މަތިވެރިކަމެއް“ (Moral Superiority) ނެތްކަން މި ފިޔަވަޅުތަކުން ސާބިތުވެއެވެ. ބާރުގަދަ ޤައުމުތަކުން އެމީހުން ބޭނުންވާ ގޮތަށް ޤާނޫނުތަކާއި ބަސްތައް ބަދަލުކޮށް، ޒިންމާދާރުވުމުން މުޅިން ރެކިގަނެ، އަމިއްލައަށް ބައިނަލްއަޤްވާމީ މުޢާހަދާތައް މުގުރާލައެވެ. އެހެންކަމުން، ހުޅަނގުގެ ބާރުތަކުން ހަދާފައިވާ ނިޒާމްތަކަކީ ޢަދުލުވެރި ނިޒާމްތަކެއް ނޫންކަމާއި، އެމީހުންގެ ހަމަތަކާ އުސޫލުތަކަކީ ހަމައެކަނި އިސްތިޢުމާރީ މަޤްޞަދުތައް ޙާޞިލުކުރުމަށް ހެދިފައިވާ ވަސީލަތްތަކެއްކަން ދަންނަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި