Sunday, 26 July 2026
Ads by

ވެރިންގެ ޒާތީ ކަންކަމާ ބެހި، ދޮގު ފަތުރަނީ ވެރިކަންތައް ބަލިކަށިކޮށްލުމުގެ ނިޔަތުގައި: އަލީ މޫސާ

ވެރިންގެ ޒާތީ ކަންކަމާ ބެހި، ދޮގު ފަތުރަނީ ވެރިކަންތައް ބަލިކަށިކޮށްލުމުގެ ނިޔަތުގައި: އަލީ މޫސާ

ދިވެހިރާއްޖޭގައި ވެރިކަންތައް ބަލިކަށިކޮށްލުމުގެ ބޭނުމުގައި، ވެރިންގެ ޒާތީ ކަންކަމާ ގުޅުވައިގެން ދޮގު ވާހަކަ ފެތުރުމުގެ ސަގާފަތެއް އޮތް ކަމަށާއި، މިއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރަށް ބޮޑަށް އިސްލާހުކުރަން ޖެހިފައިވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އެމް.އެމް.ޓީވީގެ ”ބޮޑު ޚަބަރު“ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އަލީ މޫސާ ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުގައިވެސް ވެރިކަމަށް ދަހިވެތިވެގެން، ވެރިކަން ބަލިކަށިކުރުމުގެ އުކުޅެއްގެ ގޮތުގައި ވެރިންގެ ޒާތީ މައުލޫމާތާއި އަބުރާ ބެހުމުގެ އަމަލުތައް ހިންގާފައިވާ ކަމަށެވެ. އަދި މީހުން ނުކުރާ ކަންކަން އެމީހުންގެ ބޮލުގައި އެޅުވުން ފަދަ ދަށު ދަރަޖައިގެ ކަންކަން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއާއިއެކު އޭނާ ވިދާޅުވީ ނޫސްވެރިންގެ ޒިންމާވެސް މިކަމުގައި ކުޑަ ނޫންކަމަށާއި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ނޫސްވެރިންވެސް މިހާރަށްވުރެ ބޮޑަށް ސަމާލުވާން ޖެހޭކަމަށެވެ.

ޚަބަރު ހަދާއިރުވެސް ޝައްކު އުފެދޭގޮތަށް، ދެ
މާނަ ނެގޭ ގޮތަށް ޚަބަރު ފެތުރުމަކީ ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑާ ޚިލާފު ކަމެއްކަން ފާހަގަކުރައްވައި، އަލީ މޫސާ ވިދާޅުވީ ކޮންމެ މީހަކީވެސް ކޮންމެވެސް ދާއިރާއެއްގައި މަސައްކަތްކުރާ މީހެއް ކަމަށާއި، އެމީހަކު ކުރާ ކުށަކަށް ނުވަތަ މައްސަލައަކަށް ބަލާއިރު އެއްވެސް މީހަކީ ގާނޫނަށްވުރެ މަތީގައި ހުރި، މައްސަލަ ނުބެލޭނެ މީހަކަށް ވެގެންނުވާނެ ކަމަށެވެ.

ނޫސްވެރިންގެ ޒިންމާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ނޫސްވެރިންނާ ނުހަނު ގާތް، ރައްޓެހި ވެރިކަމެއް ކަމަށެވެ. އެގޮތުން ރައީސް މުޢިއްޒު ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވުމާއި، ކައުންސިލްތަކާއި ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި މައުލޫމާތު ދެއްވުމުގެ އިތުރުން، ވަޒީރުން މެދުވެރިކޮށްވެސް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ފޯރުކޮށްދެއްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

”ނޫސްވެރިން އެބަޖެހޭ ސައްހަ ތެދު މައުލޫމާތު ފަތުރަން. އަދި ލިޔާ ލިޔުންތަކުގައި ހަރުދަނާކަމެއް ހުންނަންޖެހޭނެ. އަޅުގަނޑުމެންނަކީ ގައުމެއް، އެހެންވީމާ ގައުމުގައި ހުރި ތަފާތު މައްސަލަތަކަށް އަމާޒުކޮށް އެ ވާހަކަތައް ދައްކަންވީ ނޫންތޯ؟“ އަލީ މޫސާ ސުވާލު ކުރެއްވިއެވެ.

މެންބަރުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، ޒިންމާދާރު ނޫސްވެރިކަމަކީ ކަންކަން ރަނގަޅަށް ދިރާސާކޮށް، ތެދުދޮގު ބަލައިގެން ޚަބަރު ފެތުރުން ކަމަށެވެ. އަދި ވެރިކަމަށް ދަހިވެތިވެގެން ވެރިންގެ އަބުރާ ބެހުމުގެ ބަދަލުގައި، ގައުމީ މަސްލަހަތު އިސްކޮށް، ހަގީގީ މައްސަލަތަކަށް ބަހުސްކުރުމަކީ މިއަދު ރާއްޖޭގެ ސިޔާސީ މަޝްރަހަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި