Wednesday, 9 September 2026
Ads by

ޕާޓީ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އަދި ގެނެވުނު ހެޔޮ ބަދަލުތަކުގެ އެންމެ ބޮޑު ހިއްސާދާރުންނަކީ އަންހެނުން: އެމްޑީޕީ

ޕާޓީ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އަދި ގެނެވުނު ހެޔޮ ބަދަލުތަކުގެ އެންމެ ބޮޑު ހިއްސާދާރުންނަކީ އަންހެނުން: އެމްޑީޕީ

މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ލޯންޗް ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ:އެމްޑީޕީ

އެ ޕާޓީ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އަންހެނުންނަކީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެ، މި ގެނެވުނު ހެޔޮ ބަދަލުތަކުގެ އެންމެ ބޮޑު ހިއްސާދާރުން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

Ad Image
Ads by

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި އެމްޑީޕީން ބުނީ، ޕާޓީން މިއަދު ދޭން ބޭނުންވާ ޔަގީން ކަމަކީ އަންހެނުން ބާރުވެރި ކުރުވުމަށާއި ޤައުމުގެ ހުރިހާ ކަމެއް ބައްޓަން ކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ސާބިތުކަމާ އެކު ދެމި ހުންނާނެ ކަމަށެވެ.

ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރުމުން ފެށިގެން ގޮސް އެ ކަންކަން ތަންފީޒުކުރުމާ ހަމައަށް، އަންހެނުންގެ ހިއްސާ އޮތް ކަމުގައި ވިޔަސް، އަދިވެސް އެކަށީގެންވާ މިންވަރަށް އެ ހިއްސާ ނެތްކަން އެ ޕާޓީން ގަބޫލުކުރާ ކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީން ބުނެފައި ވަނީ ލީޑަރޝިޕް މަޤާމުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ. އެގޮތުން 2018 އިން 2023 އަށް އެ ޕާޓީގެ ކޯލިޝަން ސަރުކާރުން މި ކަންކަން ރަނގަޅު ކުރުމަށް އަގުހުރި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

”މިގޮތުން ވަޒީރުކަމުން ފެށިގެންގޮސް ސަރުކާރުގެ އެހެނިހެން އިސް މަޤާމުތަކަށް ގިނަ އަދަދެއްގެ އަންހެނުން އައްޔަނު ކުރެވިފައިވެއެވެ. އަދި އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ އެންމެ އިސްވެރިންނަށް އަންހެނުންނާއި ފިރިހެނުން ހަމަހަމައަށް އައްޔަނުކުރެވިފައިވެއެވެ. އަންހެނުންނަށް ޚާއްޞަ ލޯނުތަކާއި އިޤުތިޞާދީ މަސައްކަތް ކުރުމަށް އެހީތެރިވެދިނުމަށް ޚާއްޞަ ޕްރޮގްރާމްތައް ހިންގުނެވެ. އަންހެނުންނަށް ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ހަ މަސް ދުވަސް ކަނޑައަޅާ، ދަރިއަކު ލިބުމާ ގުޅިގެން ފިރިހެނުންނަށް ވެސް އެއް މަސް ދުވަހުގެ ޗުއްޓީ ލިބޭނެ ގޮތް ހަދައިދެވުނެވެ،“ އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނި ގޮތުގައި ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމަށް އެ ޕާޓީގެ ސަރުކާރުން ކުރި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުތަކުން އަންހެނުންނަށް ޚާއްޞަ ކުރެވުނު 33 އިންސައްތައިގެ ކޯޓާ ފާހަގަކުރާ ކަމުގައެވެ. އެކަމުގެ ސަބަބުން އެތައް އަންހެން ލީޑަރުންނެއް އުފެދިގެން ދިޔަ ކަމަށް އެ ޕާޓީން ބުނެއެވެ. އެމްޑީޕީން ބުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުމަށް އެ ކޮމިޓީތަކަށްދޭ ފައިސާގެ އަދަދުވެސް ވަނީ އިތުރުކުރެވިފައި ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަނުކުރެވިފައި ވަނީ އެ ޕާޓީގެ ފާއިތުވި ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ކަމީ އެ ޕާޓީން ފަޚުރުވެރިކަމާ އެކު ފާހަގަކުރާ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.

”ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއްކަން މި ޕާޓީން ގަބޫލުކުރާ ހިނދު، މި ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް އައްޑޫމީދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ރޮޒައިނާ އާދަމް މިވަގުތު ޤާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާޙުގެ ތެރެއިން، މި މައްސަލައަށް ރަނގަޅު ހައްލެއް ހޯދައިދިނުމަށް މި ޕާޓީން މަސައްކަތް ކުރާނަމެވެ،“ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން އުންމީދު ކުރަނީ މި މަސައްކަތުގަ އާއި މޯލްޑިވްސް ޖެންޑަރ އީކުއާލިޓީ އެކްޝަން ޕްލޭނުގައިވާ ކަންތައްތައް ހާސިލުކުރުމަށް ޕާޓީން ކުރަމުންދާ މަސައްކަތްތަކުގައި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އެއްބާރުލުން ލިބުން ކަމަށެވެ. އަންހެނުން ބާރުވެރި ކުރުމަށް ކުރާ މަސައްކަތަކީ ޤައުމީ އިންވެސްޓްމަންޓަކަށް ވީހިނދު، މިކަން ހާސިލު ކުރެވޭނީ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާ އެކުގައި ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށް ވެސް އެމްޑީޕީން ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި