Wednesday, 9 September 2026
Ads by

އިންޑިއާއަށް ދަތުރުކުރާއިރު ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަންޖެހޭ ގޮތަށް ލާޒިމްކޮށްފި

އިންޑިއާއަށް ދަތުރުކުރާއިރު ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަންޖެހޭ ގޮތަށް ލާޒިމްކޮށްފި

ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ ކޮޗިންގެ އެއަރޕޯޓް---

އިންޑިއާއަށްް ދަތުރުކުރުމުގެ  ކުރިން، ސެލްފް ޑެކްލަރޭޝަން ފޯމް ފުރަންޖެހޭ ގޮތަށް އެ ގައުމުގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހަމަޖައްސައިފިއެވެ.

Ad Image
Ads by

އިންޑިއާއިން މިކަން މިގޮތަށް ކުރުމަށް ނިންމާފައިވަނީ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެތުރެމުންދާ އެބޯލާ ވައިރަހާ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން، އަމަލުކުރުމަށް ޑީޖީސީއޭ އެއާލައިންތަކުން ކަނޑައެޅި އެސްއޯޕީއެއްގައެވެ. މި އެސްއޯޕީގެ ދަށުން ފްލައިޓްތަކުގެ ތެރޭގައި ސަމާލު ކަަމަށް ގެންނަންޖެހޭ ކަންކަން އެންގުމާއި، ފަސިންޖަރުން ސެލްފް ޑެކްލަރޭޝަން ފޯމު ފުރުމަށް ވަނީ މަޖުބޫރުކޮށްފައެވެ.

މި ފިޔަވަޅުތައް އެޅުމުގެ މައިގަނޑު މަގުސަދަކީ، މި ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަނެ، ފަސިންޖަރުންގެ ފަރާތުން މައުލޫމާތު ހޯދުމުގެ އިތުރުން އިންޑިއާގެ އެއަރޕޯޓުތަކުގެ ސަވައިލަންސް ނުވަތަ ބަލިތައް މޮނިޓަރކުރުމުގެ ނިޒާމު މިހާރަށްވުރެ އިތުރަށް ހަރުދަނާ ކުރުމެވެ.

އިންޑިއާގެ މި ނިންމުމާ ގުޅިގެން ގައުމީ އެއަރލައިން (މޯލްޑިވިއަން) އިން ނެރެފައިވާ ބަޔާނެއްގައި ވަނީ، އިންޑިއާ ސަރުކާރުގެ މި އެންގުމާ އެއްގޮތަށް ދަތުރުވެރިން އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ދަތުރުކުރުމުގެ ކުރިން ކިއުއާރް ކޯޑު މެދުވެރިކޮށް ފޯމު ފުރިހަމަކުރުމަށާއި، އިންޑިއާއަށް ދިއުމަށްފަހު، އެ ގައުމުގެ ހެލްތް އެންޑް އިމިގްރޭޝަން ކައުންޓަރަށް އެ ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.

އިންޑިއާގައި އެބޯލާ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި، އެއަރޕޯޓުތަކާއި އެ ގައުމަށް އެތެރެވެވޭ އެހެން ސަރަހައްދުތަކުގައި ސްކްރީންކުރުމުގެ އިތުރުން ސަވައިލަންސް ވަނީ ވަރުގަދަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި