Sunday, 26 July 2026
Ads by

ސިޔާސަތަކީ އަންހެނުންނަކީ ބާރުވެރި ބަޔަކަށް ހެދުން، އެކަމަށް ގިނަ މަސައްކަތްތަކެއް އެބަކުރަން: ރައީސް

ސިޔާސަތަކީ އަންހެނުންނަކީ ބާރުވެރި ބަޔަކަށް ހެދުން، އެކަމަށް ގިނަ މަސައްކަތްތަކެއް އެބަކުރަން: ރައީސް

ސިޔާސަތަކީ އަންހެނުންނަކީ ބާރުވެރި ބަޔަކަށް ހެދުން ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފައި - ފޮޓޯ:ރައީސް އޮފީސް

އެމަނިކުފާނުގެ ސިޔާސަތަކީ އަންހެނުންނަކީ ބާރުވެރި ބަޔަކަށް ހެދުން ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް އޮފީހުން ގެނެސްދޭ ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން އެމަނިކުފާނާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސިޔާސަތަކީ އަންހެނުންނަކީ ބާރުވެރި ބަޔަކަށް ހެދުން ކަމަށެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވާ ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރި ކުރުވައި، މަސައްކަތް ކުރެވޭނެ ގޮތް ޤާނޫނުތަކަށް އިޞްލާޙު ގެނެސްގެން ކުރިއަށް ގެންދިއުމަށް ގަސްތުކުރައްވާ ކަމަށެވެ.

”އަޅުގަނޑުގެ ސިޔާސަތަކީ ކަނބަލުންނަކީ، އަންހެން ބޭފުޅުންނަކީ ބާރުވެރިކުރެވިފައިވާ، އެމްޕަވާކުރެވިފައިވާ ބަޔަކަށް ހަދައިދިނުން. އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރިޔަށް އެބަ ގެންދަން. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައްވެސް ބާރުވެރިކުރުވާ، މަސައްކަތް ކުރެވޭނެ ގޮތް ޤާނޫނުތަކަށް އިޞްލާޙު ގެނެސްގެން ކުރިޔަށް ގެންދަން އަޅުގަނޑު ގަސްތުކޮށްފައި ވާނީ،“ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ އަންހެނުންނަށް ފޮނުއްވަމުން ރައީސް ވިދާޅުވިއެވެ.

އަންހެނުން ބާރުވެރި ކުރުވުމުގެ ސިޔާސަތާ އެއްގޮތަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ރައީސް ފާހަގަކުރެއްވިއިރު، ހަފުތާ 14 މަގު ޗާޓުގައި ހިމެނޭ ކަންކަމުގެ ތެރެއިން އަންހެނުންނަށް ޚާއްޞަކުރި ގިނަ ކަންތައްތައް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި