Wednesday, 9 September 2026
Ads by

ސްޓެލްކޯއިން ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރަނީ

ސްޓެލްކޯއިން ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރަނީ

ސްޓެލްކޯގެ މައި އިދާރާ--- ފޮޓޯ: އެކި އެމްވީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޑރ. އަޒުވަރު ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދާއި އެ ކުންފުނިން ހިދުމަތް ދޭ އެހެނިހެން ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން މިހާރު ހުރީ 222 މެގަވޮޓްގައެވެ. މީގެ އިތުރުން މާލެ ސަރަހައްދަކީ، ކަރަންޓުގެ ލޯޑު ނުވަތަ ޑިމާންޑް އާދަޔާ ހިލާފަށް ބޮޑުވަމުންދާ ތަނެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އިމާރާތްތައް އުސްވެ އާބާދީ ތޮއްޖެހެމުންދާއިރު، ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވަމުން އަންނަ ކަމަށެވެ.

”މި ސަރަހައްދުގެ އިތުރުވަމުންދާ ލޯޑަށް ކޭޓަރ ކުރުމުގެ ގޮތުން މާލެ ސަރަހައްދަށް ބޮޑު ޕްރޮޖެކްޓެއް ގެންނަންޖެހޭ. އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން،“ – ޑރ. އަޒުވަރު ވިދާޅުވިއެވެ.

ސްޓެލެކޯގެ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ފެނަކަ ކޯޕަރޭޝަނުން ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ދިން ހިދުމަތްތައް މިހާރު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. މިއީ ސަރުކާރު ހިންގުމުގެ ނިޒާމަށް ދާދި ފަހުން ގެނެވުނު ބަދަލުތަކުގެ ތެރެއިން ގެނެވުނު ބަދަލެކެވެ.

މި ބަދަލާއެކު، އެ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި