Sunday, 25 October 2026
Ads by

ނާޒިމް ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު

ނާޒިމް ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް---

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މަގާމުން ވަކިކުރުމާ ގުޅޭ މައްސަލައާ މެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާ އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

Ad Image
Ads by

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، ފިތުނަ އުފައްދައި މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ނަމަވެސް މި ތުހުމަތުތަކުގެ އެއްވެސް ތަފްސީލެއް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ހާމަކޮށްފައެއް ނުވެއެވެ. އޭނާ މަގާމުން ވަކިކުރަން ހުށަހެޅީ، އަމިއްލައަށް އިސްތިއުފާ ދޭން އެންގުމުން އެކަމަށް އިންކާރު ކުރުމުންނެވެ.

މަޖިލީހުގެ ނަައިބު ރައީސްކަމުން ނާޒިމް ވަކިކުރުމަށް ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ 72 މެންބަރުން ސޮއިކޮށްފައިވާއިރު، މަގާމުން އޭނާ ވަކިކުރާ މައްސަލައިގައި ބާއްވާ ބައްދަލުވުމުގައި އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ހާމަވެގެންދާނެ ކަމަށް ބެލެވެއެވެ. އެގޮތުން މި މައްސަލަ ފެށިގެން އައި ގޮތާއި، މައްސަލަ ގޯސްވީ ސަބަބު ވެސް މި ބައްދަލުވުމުގައި ސާފުވެގެންދާނެއެވެ.

ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅުމުން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ހަމަވުމަށްފަހު ބާއްވާ ފުރަތަމަ ރަސްމީ ޖަލްސާގައި، އެ މައްސަލަ ކުރިއަށްގެންދަންޖެހޭނެއެވެ. އެހެންކަމުން، އަންނަ އާދިއްތަ ދުވަހު މި މައްސަލަ ކުރިއަށްގެންދިއުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

މި މައްސަލައިގައި ބަހުސްކުރުމަށް މެންބަރުންނަށް 50 މިނެޓުގެ ވަގުތެއް ދިނުމަށް ނިންމާފައިވާއިރު، ދިފާއުގައި ޖަވާބުދާރީވުމަށް ނާޒިމަށް ދިނުމަށް ނިންމާފައިވަނީ އެންމެ 10 މިނެޓުގެ ވަގުތު ކޮޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި