Wednesday, 9 September 2026
Ads by

މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި ހިނިތުންވުމާ އެކު: ޚުޠުބާ

މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި ހިނިތުންވުމާ އެކު: ޚުޠުބާ

މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި ހިނިތުންވުމާ އެކުގައި ކަމަށް ހުކުރު ޚުޠުބާގައި ވަނީ ބުނެފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި ހިނިތުންވުމާ އެކުގައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ad Image
Ads by

ރަމަޟާން މަހާ އިސްތިޤްބާލުކުރުމުގެ މައްޗަށް އަލިއަޅުވާލައި ޚުޠުބާގައި ބުނީ ރަމަޟާން މަހާ އުފަލާއި ހިނިތުންވުމާ އެކުގައި އިސްތިޤްބާލުކުރަން ޖެހޭނީ އެއީ ކިޔަމަންތެރިވުމުގެ މޫސުން ކަމުގައި ވާތީ ކަމަށެވެ. އެއީ ހެޔޮ ކަންތައް ކުރުމުގައި ވާދަކުރަން ޖެހޭ ވަގުތަކަށް ވާތީ ކަމަށެވެ. އެއީ ﷲ ގެ ނަފަޙާތުތަކާއި ބަރަކާތްތައް އެކަލާނގެ މުއުމިނު އަޅުންގެ މައްޗަށް އޮއްސަވާ މައްސަރެއް ކަމުގައި ވާތީ ކަމަށެވެ.

ރަމަޟާން މަސް އަހުރެމެންނާ ހެޔޮ ޚަބަރުތަކާއިގެން ބައްދަލުކުރަނީއެވެ. މި ފުރުޞަތުގެ ބޭނުންކުރަން އަތުކުރި އޮޅާލާށެވެ! މި މަހުގެ މާތްކަން ޙާޞިލުވޭތޯ ތެދުވާށެވެ! رسول ﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. ”ރަމަޟާން މަހާ ބައްދަލުވެ ފާފަތައް ނުފޮހެވި އެ މަހާ ވަކިވެގެންދާ މީހާއަށް ހަލާކު ހުއްޓެވެ.“

ތެދުވެރި ތައުބާއަކުން ތައުބާވެ، ރަމަޟާން މަހާ އިސްތިޤްބާލުކުރުމުގެ ކުރުމަށް ގޮވާލައި ޚުޠުބާގައި ބުނެފައި ވަނީ ރޯދައިގެ އަޅުކަން ފުރިހަމައަށް ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މަޢުލޫމާތު އުނގެނި ދަސްކުރަން ޖެހޭ ކަމަށެވެ. ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި ރޯދަ ގެއްލޭ ކަންތައްތަކާއި ރޯދައިގެ ޘަވާބު އުނިކުރާ ކަންތައްތައް ދެނެގަންނަން ޖެހޭ ކަމަށެވެ. ތަރާވީޙު ނަމާދާއި އިޢުތިކާފަށް އިނުމާއި ޤުރްއާން ކިޔެވުން ގިނަ ކުރުމާއި ޞަދަޤާތް ކުރުން އިތުރުކުރުމާއި ފިޠުރު ޒަކާތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހީވާގިވާން ޖެހޭ ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

”ރޯދަވެރިޔާ އަރާރުންވުމާއި ދޮގުހެދުމާއި ނެތިމޮށުމާއި ދެބައޮޑުވުމާއި އާޑަފުރައްސާރަކުރުން ފަދަ އިސްލާމްދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ވާޖިބު ކަމެކެވެ. މިފަދަ ކަންތައްތައް ކުރާ މީހާގެ ރޯދަ ބާޠިލުނުވިޔަސް އޭނާ ރޯދައަށް ހުރުމުން ލިބެން ޖެހޭ ފުރިހަމަ ދަރުމަ އާއި ޘަވާބެއް ނުލިބޭނެއެވެ. ރޯދަވެރިޔާ ހަމައެކަނި ކެއުންބުއިން ދޫކޮށްލައިގެން ހުރުމަށް މާތް ﷲ އެދިވޮޑިއެއް ނުގަންނަވައެވެ.“

މިއަދުގެ ހުކުރު ޚުޠުބާގައި ބުނީ މާތް ﷲ އެދިވޮޑިގަންނަވާ މޭވާ އާ ހިސާބަށް ރޯދަވެރިޔާއަށް ދެވޭނީ ހިތް ނިޔަތް ޚާލިޞްކޮށް، ކަންދެއްކުމެއްނެތި، މާތް ﷲ ގެ ވަޖުހަފުޅު އަދައިގެން ރޯދަ ހިފުމުން ކަމަށެވެ. މާތް ﷲ އަށް އީމާންވެ އެކަލާނގެއަށް އިޚްލާޞްތެރިވެ މަޖުބޫރުކަމެއް ނުވަތަ ބުރަހެލި ކަމެއްނެތި ރޯދަ ހިފުމުން ކަމަށެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރުކަން ފާހަގަކޮށް ހުކުރު ޚުޠުބާގައި ބުނި ގޮތުގައި އެ މަހަކީ އަރަހުށި މާތް ﷲ އަށް ކުއްތަންވުމުގެ މައްސަރު ކަމުގައެވެ. މިހެންވެ ސަލަފުއްޞާލިޙުން މި މާތް މައްސަރުގެ ރޭތަކާއި ދުވަސްތައް، އަޅުކަން ކުރެއްވުމުގައި ގަދައަޅުއްވައި މަސައްކަތް ކުރެއްވި ކަމަށް ކަމަށެވެ. ރަމަޟާން މަހުގައި ކީރިތި ޤުރްއާން ކިޔެވުމަށް ސަމާލުކަން ދިނުމަށް އެދި ޚުޠުބާގައި ބުނެފައި ވަނީ ރޯދަ ހިފައި ކީރިތި ޤުރްއާން ކިޔަވާ މީހާއަށް ޤިޔާމަތް ދުވަހު ރޯދަ އާއި ކީރިތި ޤުރްއާން މާތް ﷲ ގެ ހަޟްރަތުގައި ޝަފާޢަތްތެރިވާނެ ކަމަށް ވާރިދުވެގެންވާ ކަމަށެވެ.

ބުއްދިވެރިއަކީ ޙަޔާތުގެ އެންމެހާ ކަންތައްތައް ތަރުތީބުކޮށް، އިސްކަން ދޭން ޖެހޭ ކަންތައްތަކަށް އިސްކަންދީ، ވާޖިބުތައް އަދާކުރުމަށް އަވަސްވެގަންނަ މީހާ ކަމަށާއި ރަމަޟާން މަހުގެ ފައިދާ ޙާޞިލު ކުރެވޭނީ އެ މަހަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށް ވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި