Sunday, 26 July 2026
Ads by

ޔޫރަޕްގެ ގައުމުތަކުން ކަނޑުމަހަށް ނަގާ ޓެރިފް ކަނޑާލުމާ ގުޅޭ މަޝްވަރާތައް ދަނީ ކުރެވެމުން: އިރުތިޝާމް

ޔޫރަޕްގެ ގައުމުތަކުން ކަނޑުމަހަށް ނަގާ ޓެރިފް ކަނޑާލުމާ ގުޅޭ މަޝްވަރާތައް ދަނީ ކުރެވެމުން: އިރުތިޝާމް

ފޮރިންގ މިނިސްޓަރު އިރުތިޝާމް އާދަމް---

ޔޫރަޕްގެ ގައުމުތަކުން ދިވެހިރާއްޖޭގައި އުފައްދާ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކަނޑާލުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ފޮރިންގ މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޔޫރަޕްގެ ގައުމުތަކުން 22 އިންސައްތައާއި 24 އިންސައްތައާއި ދެމެދުގެ ރޭޓެއްގައި ދިވެހި ކަނޑުމަހުގެ ބާވަތްތަކުން ޓެރިފެއް ނަގަމުން އާދެއެވެ. ޔޫރަޕްގެ ގައުމުތަކުން މި ޓެރިފް ނަގަން ފަށާފައިވަނީ 2011 ވަނަ އަހަރު އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ އުނިވުމާ ގުޅިގެންނެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމާ ގުޅިގެން، ދިވެހި ސަރުކާރުން މިހާރު ދަނީ އިނގިރޭސި ބާޒާރަށާއި ޔޫރަޕްގެ ބާޒާރަށް ޓެރިފާ ނުލައި މަސް އެތެރެކުރެވޭނެ ގޮތްތަކާ މެދު ވަކިވަކިން މަޝްވަރާ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން އިނގިރޭސިވިލާތުން މިހާރު ވަނީ ދިވެހި ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް އެއްކޮށް ކަނޑާލައިފައެވެ.

މިނިސްޓަރު އިރުތިޝާމް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ މައިގަނޑު އަމާޒަކީ އިނގިރޭސި ބާޒާރުން ލިބިފައިވާ ލުއިތަކުގެ ބޭނުން ހިފާ، ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުގެ ފެންވަރު މިހާރަށްވުރެ ބޮޑަށް މަތިކޮށް، ބޭރުގެ ބާޒާރުތަކަށް ފޮނުވާ މިންވަރު އިތުރުކުރުމެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ ބާޒާރުގައި ދިވެހި ކަނޑުމަހުގެ ބާވަތްތަކަށް އެންމެ އެކަށީގެންވާ ރަނގަޅު އަގު ހޯދައިދިނުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް އެކަމަނާ ވަނީ ދެއްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި