Wednesday, 9 September 2026
Ads by

އުރީދޫން ހިއްސާއަކަށް 3.27 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫން ހިއްސާއަކަށް 3.27 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫން ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން - ފޮޓޯ:އުރީދޫ

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.27 ރުފިޔާ ބެހުމަށް އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

Ad Image
Ads by

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި އެގޮތަށް ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި 83 އިންސައްތަ ހިއްސާދާރުންގެ ވޯޓުންނެވެ. އުރީދޫގެ ހިއްސާދާރުންގެ ތެރެއިން 123 މީހުންނާއި 60 ޕްރޮކްސީ ހޯލްޑަރުން ޖަލްސާގައި ބައިވެރިވިއެވެ.

ހިއްސާއަކަށް މި ފަހަރު ބަހަން ނިންމި 3.27 ރުފިޔާއަކީ ކުންފުނީގެ ފައިދާއިން ހިއްސާދާރުންނަށް މިދިޔަ އަހަރު ބެހި އަދަދަށް ވުރެ 23 ލާރި އިތުރު އަދަދެކެވެ. އުރީދޫން 2022 ވަނަ އަހަރު ހިއްސާއަކަށް ބަހާފައި ވަނީ 3.04 ރުފިޔާއެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އޮޑިޓުކޮށްފައިވާ މާލީ ބަޔާންތައް ވަނީ ފާސްކޮށްފައެވެ. އަދި އުރީދޫގެ މި އަހަރުގެ އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ ކަނޑައަޅައި، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 940،620 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މި ޖަލްސާގައި އާންމު މެންބަރުންގެ ތެރެއިން އުރީދޫގެ ބޯޑަށް ބޭފުޅަކު ވަނީ އައްޔަންކުރައްވާފައެވެ. އެ މަޤާމަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ތެރެއިން ހިއްސާދާރުންގެ 1،053 ވޯޓާ އެކު ބޯޑަށް އިންތިޚާބުކޮށްފައި ވަނީ މުޙައްމަދު ޝާހިދެވެ. ބޯޑުގައި އިންނެވި ފަރީހާ ޝަރީފަށް ލިބިލެއްވީ 698 ވޯޓެވެ.

ޕަބްލިކް ކުންފުންޏަކަށް އުރީދޫ ބަދަލުކޮށް، އެ ކުންފުނީގެ ހިއްސާ އާންމުންނަށް ވިއްކަން ފަށާފައި ވަނީ 2016 ވަނަ އަހަރުއެވެ. މިހާތަނަށް އުރީދޫއަށް އެންމެ ބޮޑު ފައިދާއެއް ލިބިފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ އަހަރު ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ ފައިދާއެއް ކުންފުންޏަށް ލިބުނުއިރު، ހިއްސާއަކަށް 3.30 ރުފިޔާ އެ އަހަރު ބެހިއެވެ. އެއީ އުރީދޫން ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރި އަހަރު ވެސް މެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި