Wednesday, 9 September 2026
Ads by

ރޯދަ މަހަށް ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ބަހަން ފަށާނީ ހޮނިހިރު ދުވަހު

ރޯދަ މަހަށް ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ބަހަން ފަށާނީ ހޮނިހިރު ދުވަހު

ރޯދަ މަހަށް ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ބަހަން އެސްޓީއޯއިން ވަނީ ތައްޔާރުވެފައި - ފޮޓޯ:އަވަސް

ކުރިއަށް އޮތް ރޯދަ މަހު ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ފުށާއި 10 ކިލޯ ބާސްމަތީ ހަނޑޫ ބެހުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތައްޔާރުވެއްޖެއެވެ.

Ad Image
Ads by

އެސްޓީއޯއިން ބުރާސްފަތި ދުވަހު ބުނީ އެކަމަށް އެކަށޭނަ މުދާ މިހާރު އެތެރެކޮށް، ގުދަންކޮށް އަދި ބެހޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. މިކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި ކައުންސިލުތަކާ އަދި ބައެއް ޖަމުޢިއްޔާތަކާ މަޝްވަރާކުރެވި، ގިނަ ބައެއްގެ އެހީތެރިކަމުގެ މަތިން ކަމަށް އެސްޓީއޯއިން ބުނެއެވެ.

މުދާ ދޫކުރުމަށް ރާވާފައިވާ ގޮތްތައް:

  • މާލެ ސަރަޙައްދުގައި މުދާ ދޫކުރާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން.
  • މާލެ ސަރަޙައްދުގައި މުދާ ދޫކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހަށް.
  • އިއްޔެއިން ފެށިގެން ރަށްރަށަށް ގެންދާ މުދާ ދޯނިތަކަށް ބަރުކުރުމުގެ މަސައްކަތް އެސްޓީއޯއިން އަންނަނީ ކުރަމުން. މި މުދާ ގޭބީސީތަކަށް ދޫކުރާނީ ރަށު ކައުންސިލުތަކުން.

އެސްޓީއޯއިން ބުނި ގޮތުގައި މާލޭ ސަރަޙައްދުގައި މުދާ ދޫކުރުމަށް ހަމަޖެހިފައި ވަނީ މުލަ ރޯދަ ދުވަހާއި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އަށް ކަމުގައެވެ. އަދި ރޭގަނޑު 8:30 އިން ފެށިގެން 11:00 އަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އެސްޓީއޯއިން ބުނެފައި ވަނީ ރޯދަ މަހު މުދާ ދޫކުރާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 1:00 އަށް އަދި ރޭގަނޑު 9:00 އިން ފެށިގެން 11:30 އަށް ކަމަށެވެ.

މުދާ ދޫކުރުމަށް މާލެ ސަރަޙައްދުގައި ކަނޑައަޅާފައިވާ ތަންތަނަކީ:

  • މާލެ – ގަލޮޅު ދަނޑު
  • މާލެ – މާލެ ސިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭ ބައި
  • މާލެ – ސޯޝަލް ސެންޓަރު
  • ވިލިމާލެ – ބިއްރި މިސްކިތް ހޯލް
  • ހުޅުމާލެ ފިޔަވަހި އެކެއް – ޢުމަރު ޒާހިރު ބިލްޑިންގ
  • ހުޅުމާލޭ ފިޔަވަހި ދޭއް – ހިޔާ ފްލެޓު ޓަވަރު 10 ޔޫތު ސެންޓަރު

އެސްޓީއޯއިން ބުނީ ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. މިގޮތުން މުދާ ދޫކުރާނީ ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހު، ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ނަންބަރު ނޯޓުކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި