Wednesday, 9 September 2026
Ads by

ޢީދުގެ ތަހުނިޔާއާއެކު ރައީސް ޔާމީން އެދިލެއްވީ އުއްމަތަށް ޖެހިފައިވާ މުސީބާތްތަކުން ސަލާމަތްވުމަށް އެދި ދުއާކުރުމަށް

ޢީދުގެ ތަހުނިޔާއާއެކު ރައީސް ޔާމީން އެދިލެއްވީ އުއްމަތަށް ޖެހިފައިވާ މުސީބާތްތަކުން ސަލާމަތްވުމަށް އެދި ދުއާކުރުމަށް

ކުރީގެ ރައީސް ޔާމީން---

އިސްލާމީ އުއްމަތަށް ޖެހިފައިވާ މުސީބާތްތަކުން ސަލާމަތްކުރެއްވުމަށް އެދި ހުރިހާ މުސްލިމުން ވެސް ދުއާކުރުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.

Ad Image
Ads by

ރައީސް ޔާމީން މިކަމަށް އެދިވަޑައިގަތީ ބަރަކާތްތެރި އަޟްހާ ޢީދުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވަމުން ފޮނުއްވެވި މެސެޖެއްގައެވެ. އެ މެސެޖުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ ނަމުގައި ޢީދުގެ ހެޔޮ އެދުމާއި މުބާރަކުބާދީ ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވައިފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަމުގެ ބަރަކާތާއެކު ހުރިހާ ރައްޔިތުންނާ ޢީދު ބައްދަލުކުރާއިރު ވީހައިވެސް ގިނައިން ހެޔޮ އަމަލުތައް ގިނަކުރުމަށް ރައީސް ޔާމީންގެ މެސެޖުގައި އިލްތިމާސްކުރެއްވިއެވެ.

މިއަދަކީ މުޅި އިސްލާމީ އުއްމަތަށް އައި ބަރަކާތްތެރި އަދި އުފާވެރި ދުވަހެއްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އަޟްޙާ ޢީދަކީ ކިޔަމަންތެރިކަމާއި، ގުރުބާނީގެ މަތިވެރި ހަނދާންތައް އާކޮށްދޭ މުނާސަބަތެއް ކަމަށެވެ. ވަކިން ހާއްސަކޮށް ސަލާމްލެއްވި އިބްރާހީމްގެފާނުގެ މަތިވެރި ގުރުބާނީގެ ވާހަކަ މި ދުވަހު އަހަރެމެންގެ ހިތްތަކަށް ގެނެސްދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މިއީ އެކަކު އަނެކަކަށް އަޅާލާ، އާއިލީ ގުޅުންތައް ބަދަހިކޮށް އަދި އެކުވެރިކަން އާލާކުރަންވީ ވަގުތު ކަމަށެވެ.

މީގެ އިތުރުން ޢީދުގެ އުފާ ލިބިގަންނަމުންދާއިރު، އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިން ހަނދާންކޮށް ހާއްސަކޮށް ފަލަޞްޠީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވަމުން ގެންދާ އަނިޔާއިން އެ މުސްލިމު އަހުންނާ އުހްތުން ސަލާމަތްކޮށްދިނުމަށް އެދި ދުއާކުރުމަށް ވެސް ރައީސް ޔާމީން ވަނީ އިލްތިމާސްކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި