Sunday, 26 July 2026
Ads by

އަލަށް ހުއްދަ ދޫކުރާ ޒުވާން ޚަޠީބުން ރޯދަ މަހު ޚުޠުބާ ކިޔާނެ: ޝަހީމް

އަލަށް ހުއްދަ ދޫކުރާ ޒުވާން ޚަޠީބުން ރޯދަ މަހު ޚުޠުބާ ކިޔާނެ: ޝަހީމް

ޒުވާން ޚަޠީބުން ތަމްރީނުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ދަށުން، އަލަށް ތަމްރީނުކުރާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު ރަސްމީ ހުއްދަ ދޫކުރަން ފަށްޓަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޒުވާން ޚަޠީބުން ތަމްރީނުކުރުމަށް މި އަހަރު ފެށި މި ޕްރޮގްރާމުގައި ބައިވެރިވާން އިސްލާމިކް މިނިސްޓްރީން ހުޅުވާލި ފުރުޞަތުގެ ބޭނުން ހިފި ކުދިންނާ އިންޓަރވިއުކޮށް، ސްކްރީންކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައި ވަނީ މިދިޔަ މަހުއެވެ.

އިސްލާމިކް މިނިސްޓަރު މިއަދު ވިދާޅުވެފައި ވަނީ ޒުވާން ޚަޠީބުންނާ އިންޓަރވިއު ކުރުމުގެ މަސައްކަތް ނިންމާ، މާލެ ސަރަޙައްދުގައި ތިބި ފަރާތްތަކުގެ ޢަމަލީ ތަމްރީނު ފަށާފައިވާ ކަމަށެވެ. މި ތަމްރީނުތައް ހޮނިހިރު ދުވަހު ނިންމައި، އަންނަ އާދިއްތަ ދުވަހު އެ ކުދިންނަށް ޚުތުބާ ކިޔުމުގެ ރަސްމީ ހުއްދަ ދޫކުރަން ފަށްޓަވާނެ ކަމަށާއި ކުރިއަށް އޮތް ރޯދަ މަހު އެ ޒުވާނުން ޚުޠުބާ ކިޔާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލި ފުރުޞަތުގައި 160 ކުދިންނާ ވަނީ އިންޓަރވިއުކޮށްފައެވެ. މި ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިންމާފައިވާ ޒުވާނުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓަރުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކުރެވުނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ބޭނުމަކަށްވެފައި ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަން ކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފެއްދުމުގެ އިތުރުން ދީނަށް ލޯބިކުރުން އެ ކުދިންގެ ހިތްތަކުގައި އާލާކުރުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
HOIxXVia4AAxzSh
އެމްޑީޕީން ގެންގުޅުނީ ޕްރޯ އިޒްރޭލު ފޮރިން ޕޮލިސީއެއް: ރައީސް
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި