ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ޅ. ހިންނަވަރުގައި ތަރައްގީކުރާ ފުޓްސަލް ދަނޑުގެ މަސައްކަތްތައް ނިމުމަކާ ގާތްވެއްޖެއެވެ.
ހިންނަވަރުގައި ތަރައްގީކުރާ ފުޓްސަލް ދަނޑުގެ މަސައްކަތްތަކުގެ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރަމުން އާރްޑީސީން ބުނެފައިވަނީ، މި މަސައްކަތުގެ ދަށުން މި ވަގުތު ކުރިއަށްދަނީ ފުޓްސަލް ދަނޑުގެ ޓާފް އެޅުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ޅ. ހިންނަވަރުގައި ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ ޓާފް އެޅުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން.#TeamRDC pic.twitter.com/uDP0kxVeS4
— Road Development Corporation Ltd (@rdcmaldives) May 26, 2026
މިއީ އެ ކުންފުނީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ތަފާތު އެކި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ރަށްރަށުގެ މަގުތައް ތަރައްގީކުރުމާއި، ކަސްރަތުކުރުމަށް ބޭނުންވާ އައުޓް ޑޯރ ޖިމްތައް ތަރައްގީކުރުމުގެ އިތުރުން ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓުތައް ތަރައްގީކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.












