Sunday, 26 July 2026
Ads by

މާލެއިން ބޭރުގައި ހުޅުވި މިފްކޯގެ ފުރަތަމަ މަސްފިހާރަ އައްޑޫ ސިޓީގައި

މާލެއިން ބޭރުގައި ހުޅުވި މިފްކޯގެ ފުރަތަމަ މަސްފިހާރަ އައްޑޫ ސިޓީގައި

މިފްކޯ އައްޑޫ މަސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އުފެއްދުންތައް އަތޮޅުތެރޭގެ ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އައްޑޫ ސިޓީގައި އެ ކުންފުނީގެ މަސްފިހާރައެއް ހުޅުވައިފިއެވެ.

Ad Image
Ads by

އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކޮށްފައިވާ މި ފިހާރަ ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޔޫތް މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ.

މިފްކޯގެ މަސްފިހާރަ ހުޅުވުމަށް އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ މެނޭޖިންގެ ޑިރެކްޓަރު މުޙައްމަދު އަނަސް ވިދާޅުވީ، އައްޑޫ ސިޓީއަކީ މަސްވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ، މިފްކޯއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ސިޓީއެއް ކަމަށެވެ.  މި ފިހާރައިގެ ސަބަބުން އެ ސިޓީގެ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް މެދުނުކެނޑި، ހެޔޮ އަގުގައި ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަނަސް ވިދާޅުވި ގޮތުގައި، ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މެދުވެރިކޮށް އުފައްދާ ތަކެތި ސީދާ މި ފިހާރައިން ލިބެން ހުރުމުން، ލޯކަލް ޕްރޮޑަކްޝަން ފުޅާކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މިފްކޯއިން މައުލޫމާތުދޭ ގޮތުގައި ފިހާރައިން މިފްކޯގެ ތަފާތު ބާވަތްތަކުގެ ދަޅުމަހާއި، ޕެކެޓް ކުރި މަހުގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ. މިއީ މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި