Wednesday, 9 September 2026
Ads by

މާލެ ސަރަޙައްދުގެ 25 މިސްކިތެއްގައި އަޟްޙާ ޢީދު ނަމާދުކުރާނެ: މިނިސްޓްރީ

މާލެ ސަރަޙައްދުގެ 25 މިސްކިތެއްގައި އަޟްޙާ ޢީދު ނަމާދުކުރާނެ: މިނިސްޓްރީ

މިއަހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސަރަޙައްދުގެ ގިނަ މިސްކިތްތަކެއްގައި ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައި، އެ މިސްކިތްތަކުގެ ލިސްޓު ޢާންމުކުރައްވައިފިއެވެ.

Ad Image
Ads by

މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، މޫސުން ގޯސްވެ ބޮޑު ޖަމާޢަތުގައި ނަމާދު ނުކުރެވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ މާލެ ސަރަޙައްދުގެ ހުރިހާ ހުކުރު މިސްކިތެއްގައި ޢީދު ނަމާދު ކުރާނެއެވެ. ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.

މާލޭގައި ޢީދު ނަމާދު ކުރާ މިސްކިތްތައް:
މާލޭގައި ޖުމްލަ 17 މިސްކިތެއްގައި ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގެ އިތުރުން މަސްޖިދުލް ފުރްޤާން، މަސްޖިދުއް ނޫރު، މަސްޖިދުއް ޝަހީދު ޢަލީ، މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)، މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުބުރި މިސްކިތް)، މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)، މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)، މަސްޖިދު ޞަލާޙުއްދީން، މަސްޖިދު ޖަލާލުއްދީން، މަސްޖިދު އިބްރާހީމް، މަސްޖިދު އިސްކަންދަރު، މަސްޖިދު ޔޫސުފުލް ބަރުބަރީ، މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)، މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް) އަދި މާފަންނު އާ މިސްކިތް ހިމެނެއެވެ.

ހުޅުމާލޭގައި ޢީދު ނަމާދު ކުރާ މިސްކިތްތައް:
ހުޅުމާލޭގައި ޢީދު ނަމާދު ކުރާނީ މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ، މަސްޖިދު ރަޝީދު، މަސްޖިދު ޢަޒީޒާ މޫސާ، މަސްޖިދު އަޞްދީޤާ، މަސްޖިދުލްވާލިދައިނި، މަސްޖިދުލް ޙަސަން އާދަމް އަދި މަސްޖިދު އުޘްމާން ބިން ޢައްފާންގައެވެ.

ވިލިމާލޭގައި ޢީދު ނަމާދު ކުރާ މިސްކިތް:
ވިލިމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އެ އަވަށުގެ މަސްޖިދުއް ސަލާމުގައެވެ.

ފަހަކަށް އައިސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ސަރުކާރުން އިސްކަންދެއްވައެވެ. ނަމަވެސް މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން، ބޮޑު ޖަމާޢަތުގެ ބަދަލުގައި މިސްކިތްތަކުގައި ނަމާދު ކުރަން ޖެހިދާނެތީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައެވެ. މި އިންތިޒާމުތައް ހަމަޖައްސާފައިވަނީ ވީހާވެސް ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި