Sunday, 25 October 2026
Ads by

ދިވެހި ހުރިހާ ޙާޖީން މި ވަގުތު ތިބީ ޢަރަފާތު ބިމުގައި

ދިވެހި ހުރިހާ ޙާޖީން މި ވަގުތު ތިބީ ޢަރަފާތު ބިމުގައި

ދިވެހި ޙާޖީންތަކެއް--- ފޮޓޯ: މޯލްޑިވްސް ޙައްޖު މިޝަން

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެއިން ފުރި ހުރިހާ ޙާޖީން ޢަރަފާތު ބިމަށް ޖަމާވެފައިވާ ކަމަށް މޯލްޑިވްސް ޙައްޖު މިޝަންއިން އިން ބުނެފިއެވެ.

Ad Image
Ads by

ދިވެހި ޙާޖީން ޢަރަފާތަށް ދިއުމަށް ދަތުރު ފަށާފައިވަނީ ސަޢުދީ ގަޑިން ރޭ 21:00 ގައެވެ. ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ޙާޖީންނާ ގުޅޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިނާގެ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ޙާޖީ ވެސް ޙައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމާއެކު މިހާރު ޢަރަފާތަށް ގެންގޮސްފައިވާ ކަމަށެވެ.

”ﷲ ގެ ހެޔޮ ރަހްމަތްފުޅުން އެންމެހައި ދިވެހި ޙާޖީންގެ ހާލު ރަނގަޅު. މިހާރު އެންމެހައި ހާޖީން ވަނީ ޢަރަފާތުގަ. މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ހާޖީގެ ހާލު ވެސް މިހާރު ރަނގަޅު. ޙައްޖު ކޯޕަރޭޝަނުން ވަނީ މިއަދު އޭނާ ވެސް ޢަރަފާތަށް ގެންގޮސްފަ،“ – މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މިއަދަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މުސްލިމުން ޢަރަފާތު ބިމަށް ޖަމާވެ، ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ ޢަރަފާތު ދުވަހުގެ އަޅުކަން ފުރިހަމަކުރާ ބަރަކާތްތެރި ދުވަހެވެ. ޢަރަފާތު ދުވަހުގެ އަޅުކަމަށްފަހު ހުރިހާ ޙާޖީން ވެސް މިރޭ މުޒްދަލިފާއަށް ނުކުންނާނެއެވެ.

މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1،000 މީހުން ސަޢުދީއަށް ގޮސްފައިވާއިރު، ހައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ، ދިވެހި ޙާޖީން 22 ދުވަހު ސަޢުދީގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޙައްޖުގެ އަޅުކަން ނިންމުމަށްފަހު ދިވެހި ޙާޖީން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި