Sunday, 26 July 2026
Ads by

އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސައިފިން، މި ހަފުތާގައި ލިޔެކިޔުން ކައުންސިލާ ހަވާލުކުރާނަން: ރައީސް

އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސައިފިން، މި ހަފުތާގައި ލިޔެކިޔުން ކައުންސިލާ ހަވާލުކުރާނަން: ރައީސް

އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

އޭދަފުށީގައި އިތުރަށް ބިން ހިއްކެން ނެތް ކަމަށާއި އެ ރަށުގެ ބިމުގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ރަށެއް ހޯދުން ކަމުގައި ފާހަގަކުރައްވައި، އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.

Ad Image
Ads by

އާދިއްތަ ދުވަހުގެ ރޭ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ އެކަމުގެ ލިޔެކިޔުން މި ހަފުތާގެ ތެރޭގައި ރަށު ކައުންސިލާ ހަވާލު ކުރައްވާނެ ކަމަށެވެ.

އޭދަފުއްޓަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލެ ސަރަޙައްދު ފިޔަވައި، ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެޅުމަށް ކަނޑައަޅާފައިވާ 40,000 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށް ކަމުގައި އޭދަފުށި ހައްދަވާނެ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ތަރައްޤީކުރާ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ އޭދަފުށި ކަމުގައި ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން އޭދަފުށީގެ ތަރައްޤީގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި