Wednesday, 9 September 2026
Ads by

”ފުޓުބޯޅައިގެ ތެރެއިން އަހްލާގާއި ޓީމް ވޯކްގެ އިތުރުން ގަވާއިދާ އުސޫލުތަކުގެ މުހިއްމުކަން ދަސްކޮށްދޭ“

”ފުޓުބޯޅައިގެ ތެރެއިން އަހްލާގާއި ޓީމް ވޯކްގެ އިތުރުން ގަވާއިދާ އުސޫލުތަކުގެ މުހިއްމުކަން ދަސްކޮށްދޭ“

ފަސްޓު ލޭޑީ ސާޖިދާ މުޙައްމަދު---

ފުޓުބޯޅައިގެ ތެރެއިން އަހްލާގާއި ޓީމް ވޯކްގެ އިތުރުން ގަވާއިދާ އުސޫލުތަކުގެ މުހިއްމުކަން ދަސްކޮށްދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެޑަމް ސާޖިދާ މި މޭރުމުން ވިދާޅުވީ، ދުނިޔޭގެ ފުޓްބޯޅަ ދުވަހުގެ މުނާސަބަތާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެކަމަނާ ވިދާޅުވީ، ފުޓުބޯޅައަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ދިވެހިންގެ ހިތްތަކާ ގުޅިފައިވާ ކުޅިވަރެއް ކަމަށެވެ.

ފުޓްބޯޅައަކީ ހަމައެކަނި ކުޅިވަރަކަށްވުރެ ބޮޑަށް ހުރިހާ އުމުރުފުރައެއްގެ މީހުން އެއްތަނަކަށް އެއްވެ، ދުޅަހެޔޮ، މުޖުތަމައުގައި އުފާވެރި ދިރިއުޅުމެއް އުޅުމަށް ހިތްވަރުދޭ ”ޔުނިވަރސަލް ބަހެއް“ ކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އެ ކުޅިވަރަކީ އަހްލާގާއި ޓީމް ވޯކްގެ އިތުރުން ގަވާއިދާ އެއްގޮތަށް ކުޅުމުގެ މުހިއްމުކަން ދަސްކޮށްދޭ ކުޅިވަރެއް ކަމަށެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ ދުވަސް ފާހަގަކުރަމުންދާއިރު ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގެ ތެރެއިން، ސުލްހަމަސަލަސްކަން ގާއިމުކޮށް، މުޖުތަމައެއްގައި ދޭދޭ ގުޅުންތައް ވަރުގަދަކޮށް، ޒުވާނުންނަށް ފަހި މުސްތަގްބަލެއް ބިނާކުރުމަށް ހިތްވަރުދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ ދުވަސް ފާހަގަކުރަމުން ދަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި