Wednesday, 9 September 2026
Ads by

ފުޓްބޯޅައިގެ ސަބަބުން އެއްބައިވަންތަކަން އުފެދިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް: ރައީސް

ފުޓްބޯޅައިގެ ސަބަބުން އެއްބައިވަންތަކަން އުފެދިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް: ރައީސް

ރައީސް މުޢިއްޒު ފުޓުބޯޅަ ކުޅުންތެރިންނާ ސަލާމްކޮށްލައްވަނީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ފުޓްބޯޅައިގެ ސަބަބުން ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އުފެދިގެން ދިއުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ދުނިޔޭގެ ފުޓްބޯޅަ ދުވަހުގެ މުނާސަބަތާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، މުޅި ދުނިޔެ އެއްބައިވަންތަކޮށްދޭ މި ރީތި ކުޅިވަރަށް ލޯބިކުރާ އެންމެހައި ފަރާތްތަކަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާ ވަކިން ހާއްސަކޮށް ފުޓުބޯޅަ ކުރިއެރުވުމަށާއި، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކަމަށެވެ. އަދި އެކަމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ފީފާގެ މިންގަނޑުތަކަށް ފެތޭ ފެންވަރުގެ ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ކުޅިވަރާ ބެހޭ ގާނޫނަށް އިސްލާހު ގެނައުން ފަދަ މުހިއްމު ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ކުޅިވަރުގެ ސަގާފަތް ވަރުގަދަކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި އެތުލީޓުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފުޓުބޯޅައިގެ ރޫހުގައި އެންމެން އެކަތިގަނޑަކަށްވެ، އަންނަން އޮތް ޖީލުތައް އެގޮތުގައި އޮތުމަށް ހިތްވަރު ދެއްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި