Saturday, 24 October 2026
Ads by

ވާދަވެރި ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ އެއްވެސް ތަފާތެއް ނެތް: ޝިޔާމް

ވާދަވެރި ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ އެއްވެސް ތަފާތެއް ނެތް: ޝިޔާމް

ވާދަވެރި ސިޔާސީ ޕާޓީއަކާއި ”އަދަދު“ ނޫހާ އެއްވެސް ތަފާތެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޝިޔާމް މި މޭރުމުން ވިދާޅުވީ, ޕީއެންސީގެ ސެނެޓުން ރައީސް މުޢިއްޒުގެ ހުށަހެޅުއްވުމެއް ބޭރުކޮށްލައި، އެމަނިކުފާނުގެ ނުފޫޒު ކުޑަކޮށްފި ކަމަށް ބުނެ ”އަދަދު“ ނޫހުން ފެތުރި ހަބަރަކާ ގުޅިގެން މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

”އަދަދު“ ނޫހުން ޝާއިއު ކޮށްފައިވާ އެ ހަބަރުގައިވާ ގޮތުން، ދާދި ފަހުން ބޭއްވި ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި ޕާޓީގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމަށް ރައީސް މުޢިއްޒު ހުށަހެޅުއްވި ނަމަވެސް، ސެނެޓުގެ އަގުލަބިއްޔަތުން ރައީސްގެ މި ހުށަހެޅުއްވުމަށް ތާއީދު ނުލިބުނު ކަމަށެވެ.

”އަދަދު“ ނޫހުން ޝާއިއު ކުރާ ހަބަރުތަކަށް ރައްދުދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ”އަދަދު“ ނޫސް ވަނީ ނުބައި މުއައްސަސާއެއްގައި ރަޖިސްޓްރީވެފައި ކަމަށާއި، އަސްލު އޮންނަން ޖެހޭނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީވެފައި ކަމަށެވެ. ސަބަބަކީ އެ ނޫހުން ހަބަރެއް ލިޔާނަމަ ފިތުނަ އުފެއްދުން ނޫން ކަމެއް ނުކުރާ ކަމަށެވެ.

ޕީއެންސީ އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މެންބަރުން ގިނަ އެންމެ ބޮޑު ސިޔާސީ ޕާޓީކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްގައި ހާއްސަކޮށް ޕާޓީގެ ވެރިކަމެއްގައި ޑިމޮކްރަސީގެ ހަމަތަކާއެކު ޕާޓީ ހިންގާތަން ފެނިގެންދަނީ ހަމައެކަނި ޕީއެންސީން ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ޕާޓީގެ ލީޑަރޝިޕް ބައްދަލުވުމެއްގައި ވަކިން ހާއްސަކޮށް ޕީއެންސީގެ މެންބަރުން މަޖިލީހުގެ ކަންނިންމާ ބައްދަލުވުމެއްގައި ޕާޓީގެ ރައީސްގެ ނުފޫޒުން ވަކި ގޮތަކަށް ކަމެއް ނިންމަން މަސައްކަތް ކުރެއްވި މަންޒަރެއް ދުވަހަކު ވެސް ފެނިވަޑައިނުގަންނަވާ ކަމަށާއި، އޭގެ ބަދަލުގައި އަބަދު ވެސް ކަންކަން ޕާޓީގައި ނިމިގެން ދަނީ މެޖޯރިޓީ މެންބަރުން ޢިއްތިފާގުވާ ގޮތަކަށް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި