Wednesday, 9 September 2026
Ads by

”ރައީސް މުޢިއްޒު ބޭނުންފުޅުނުވާ ކަމެއް ޕީއެންސީގައި ނުހިނގާނެ، އެއަށްވުރެ އެމަނިކުފާނު ދެކެ ޕާޓީގެ މެންބަރުން ލޯބިވޭ“

”ރައީސް މުޢިއްޒު ބޭނުންފުޅުނުވާ ކަމެއް ޕީއެންސީގައި ނުހިނގާނެ، އެއަށްވުރެ އެމަނިކުފާނު ދެކެ ޕާޓީގެ މެންބަރުން ލޯބިވޭ“

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު---

ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް އެ ޕާޓީގެ ތެރޭގައި ނުހިނގާނެ ކަމަށާއި އެއަށްވުރެ ބޮޑަށް އެމަނިކުފާނު ދެކެ ޕާޓީގެ މެންބަރުން ލޯބިވާ ކަމަށް ރައްޔިތުންގެ މަޖިޅީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ފަލާޙު މި މޭރުމުން ވިދާޅުވީ, ޕީއެންސީގެ ސެނެޓުން ރައީސް މުޢިއްޒުގެ ހުށަހެޅުއްވުމެއް ބޭރުކޮށްލައި، އެމަނިކުފާނުގެ ނުފޫޒު ކުޑަކޮށްފި ކަމަށް ބުނެ ”އަދަދު“ ނޫހުން ފެތުރި ހަބަރަކާ ގުޅިގެން މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

”އަދަދު“ ނޫހުން ޝާއިއު ކޮށްފައިވާ އެ ހަބަރުގައިވާ ގޮތުން، ދާދި ފަހުން ބޭއްވި ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި ޕާޓީގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމަށް ރައީސް މުޢިއްޒު ހުށަހެޅުއްވި ނަމަވެސް، ސެނެޓުގެ އަގުލަބިއްޔަތުން ރައީސްގެ މި ހުށަހެޅުއްވުމަށް ތާއީދު ނުލިބުނު ކަމަށެވެ.

ފަލާޙު ވިދާޅުވީ، ”އަދަދު“ ނޫހުން ޕީއެންސީއާ ގުޅުވައިގެން ފަތުރަމުން ގެންދަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ރައީސް މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް އެ ޕާޓީގެ ސެނެޓުގައި އަދި ލީޑަރޝިޕުގައި ވެސް ނުހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”މިއީ ކަނޑައެޅިގެން ދޮގު ހަބަރެއް ރައީސް މުޢިއްޒު ބޭނުނުންފުޅުނުވާ އެއްވެސް ކަމެއް ޕީއެންސީ ސެނެޓްގައި އަދި ލީޑަރޝިޕްގައި ވެސް ނުހިނގާނެ. އެއަށްވުރެ ރައީސް މުޢިއްޒު ދެކެ އަޅުގަނޑުމެން އެންމެން ލޯބިވޭ. އެމަނިކުފާނަށް އަޅުގަނޑުމެން އެންމެން އިތުބާރުކުރަން. މިހެން މިކަން އޮތް ނަމަވެސް ރައީސް މުޢިއްޒު އިސްކުރައްވަނީ ޕާޓީގެ އަސާސީ ގަވައިދާއި ހެދިފައިވާ އުސޫލުތަށް އަދި މަޝްވަރާގެ ރިވެތި ސިފަ،“ – ފަލާޙު ވިދާޅުވިއެވެ.

ފަލާޙު ވިދާޅުވީ، ނިމިގެންދިޔަ ޕީއެންސީ ސެނެޓް ބައްދަލުވުމުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރައްވަން ރައީސް މުޢިއްޒު ހުށަނާޅުއްވާ ކަމަށެވެ. މުޅި ބައްދަލުވުމުގައި ވެސް ހުރިހާ ކަމެއް ހުށަހެޅުއްވީ ސެނެޓް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމެވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިި ހަބަރުން ސާފުވީ އަދަދު ނޫސް ފަދަ ބައެއް ނޫސްތަކާއި ބައެއް ފަރާތްތަކުން ލަނޑުދޭ މިންވަރުކަން ފާހަގަކުރައްވަމުން ފަލާޙު ވިދާޅުވީ، ފައިސާދީގެން މިފަދަ ނޫސްތަކުގައި ނޫސްވެރިން ލައްވާ ކޮންމެ ފަދަ ބޮޑެތި ދޮގު ވާހަކަތަކެއް ވެސް ލިޔުއްވިދާނެ ކަމަށެވެ. ފަލާޙު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒަކީ ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް، ރައްޔިތުންގެ މަޝްވަރާއާއި ލަފާހޯއްދަވައިގެން ވެރިކަންކުރެއްވި ހަމައެކަނި ރައީސް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު