Wednesday, 9 September 2026
Ads by

ޗައިނާގައި ހިނގި ގޭސް އެކްސްޕްލޯޝަންގެ ހާދިސާއާއި ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

ޗައިނާގައި ހިނގި ގޭސް އެކްސްޕްލޯޝަންގެ ހާދިސާއާއި ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

ރައީސް މުޢިއްޒު އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޗައިނާގައި ހިނގި ގޭސް އެކްސްޕްލޯޝަންގެ ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

Ad Image
Ads by

ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ފޮނުއްވެވި މެސެޖެއްގައި ރައީސް ވަނީ، މި ނުރައްކާތެރި ހާދިސާގައި ގިނަ ބަޔަކު މަރުވެ އަދި އެތައް ބަޔަކަށް އަނިޔާ ލިބިފައިވާކަން ފާހަގަކުރައްވައި، އެކަމާ ހިތާމަފުޅުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ޗައިނާ ސަރުކާރުގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ފޮނުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެ ޗައިނާއާއި އެކުގައިވާކަން ފާހަގަކުރައްވައި، މި ހާދިސާގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކަށް، ކެތްތެރިކަމާ ސާބިތުކަން ދެއްވުމަށާއި، މީހުން ސަލާމަތްކުރުމަށް ކުރެވެމުންދާ މަސައްކަތަށް ކާމިޔާބު ލިބުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.

ޗައިނާގެ ޝާންޝީ ޕްރޮވިންސްގެ ލިއުޝެންޔޫ ކޯލް މައިންގައި ހިނގި މި ހިތާމަވެރި ހާދިސާގައި 82 މީހަކު މަރުވެފައިވާއިރު، ހާދިސާ ހިނގި ސަރަހައްދުގައި މަސައްކަތްކުރި ދެ މީހަކު ގެއްލިފައިވާ ކަމަށް ޗައިނާގެ އިދާރާތަކުން އަންނަނީ ބުނަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި