Wednesday, 9 September 2026
Ads by

މާލޭ މިސްކިތްތަކުގައި ނަމާދުކުރާ އަޑު ކަނޑާލަން އެންގި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ޝަހީމް ދޮގުކުރައްވައިފި

މާލޭ މިސްކިތްތަކުގައި ނަމާދުކުރާ އަޑު ކަނޑާލަން އެންގި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ޝަހީމް ދޮގުކުރައްވައިފި

މިނިސްޓަރު ޝަހީމް---

މާލޭގެ މިސްކިތްތަކުގައި ނަމާދު ކުރާ އަޑު ތާޅަފިލިން ކަނޑާލަން އިސްލާމިކް މިނިސްޓްރީން އެންގި ކަމަށް ބުނެ ދެކެވޭ ވާހަކަ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢިަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޝަހީމް މި މޭރުމުން ވިދާޅުވީ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން އިއްޔެ މީސް މީޑިއާގައި ހިއްސާކުރެއްވި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ޝެއިޚް ނިޝާން ހިއްސާކުރެއްވި ވީޑިއޯގައި ވިދާޅުވީ މާލެ ސަރަހައްދުގެ މިސްކިތްތަކުގެ އިމާމުން، އިސްލާމިކް މިނިސްޓްރީއަށް ގެންގޮސް މިސްކިތްތަކުގައި ނަމާދުކުރާ އަޑު ތާޅަފިލިން ކަނޑާލުމަށް އެންގި ކަމަށެވެ.

މިސްކިތްތަކުގެ އަޑު ކަނޑުވާލުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި އެގޮތުން ފުރުޤާން މިސްކިތުގައި ރޭގައި މަޣްރިބް އަދި އިޝާ ނަމާދުގައި ވެސް ނަމާދުކުރާ އަޑު ބޭރަށް ނީވޭ ކަމަށް ޝެއިޚް ވިދާޅުވިއެވެ. ޝެއިޚް ވިދާޅުވި ގޮތުގައި، މިސްކިތްތަކުން ކިޔަވާ އަޑު ދުރަށް ނީވުމުގެ ސަބަބުން އެތައް ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ކުރަމުންނެވެ.

”މިއަދު އެތައް ބޭފުޅެއް ވެސް ވަނީ ޝަކުވާކޮށްފައި. އެ ފަރާތްތައް އެބަތިބޭ ނަމާދުގެ އަޑު އަހާލުމަށް ދޮރުތައް ހުޅުވާލައިގެން. މުސްލިމް މުޖްތަމައެއްގައި މިއީ މިކަން ވާންވި ގޮތެއް ނޫން. މިއީ ހިތާމަވެރިކަމެއް.“ – ޝެއިހް ނިޝާން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓަރު ޝަހީމް ވިދާޅުވީ، މިސްކިތްތަކުގައި ނަމާދުކުރާ އަޑު ތާޅަފިލިން ކަނޑާލަން އިމާމުންނަށް ކަމަށް ބުނެ ފަތުރަމުން އަންނަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިތުރު އެއްވެސް ވާހަކައެއް މިނިސްޓަރު ވިދާޅުވެދެއްވައިފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި