Sunday, 25 October 2026
Ads by

ހުޅުމާލެ ކޮވިޑް ފެސިލިޓީ ޖަލަކަށް ބަދަލުކޮށްފި

ހުޅުމާލެ ކޮވިޑް ފެސިލިޓީ ޖަލަކަށް ބަދަލުކޮށްފި

ހުޅުމާލޭ ކޮވިޑް ފެސިލިޓީ ޖަލަކަށް ބަދަލުކޮށްފައި--- ފޮޓޯ: ޕީއެސްއެމް

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި މީގެ ކުރިން ބޭނުންކުރަމުން އައި އިމާރާތް، ޖަލަކަށް ބަދަލުކޮށް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

Ad Image
Ads by

ކްރިމިނަލް ކޯޓާ އިންވެގެން ހުންނަ މި އިމާރަތް ބޭނުންކުރަން ފަށާފައި މިވަނީ، މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޖަލު ބަންދުކުރުމާ ގުޅިގެން، ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.

ކޮންމެ ޔުނިޓެއްގައި ފަސް ސެލް ބްލޮކް ހިމެނޭ މި ޖަލަކީ ޖުމުލަ 140 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ ޖަލެކެވެ. މި ޖަލު ބޭނުންކުރަން ފެށީ 16 މީހުންގެ ޖާގައިގެ އެއް ސެލް ބްލޮކުގައެވެ. މި ޖަލުގެ ގައިދީން ބައިތިއްބާ ކޮޓަރިތަކަކީ އޭސީކޮށް، ރަނގަޅު ފެންވަރެއްގައި ތަރައްގީކޮށްފައިވާ ކޮޓަރިތަކެއް ކަމަށް ކަރެކްޝަނުން މައުލޫމާތުދެއެވެ.

އިމާރާތުގެ ބާކީ ހުރި ބައިތަކުގެ މަސައްކަތް ނިންމައި، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެއްކޮށް ބޭނުންކުރަން ފެށޭނެ ކަމަށް ކަރެކްޝަނުން ވަނީ މައުލޫމާތުދީފައެވެ. އެ ތަނުގެ މަސައްކަތް ކުރާނީ ކަރެކްޝަނުގެ އޮފިސަރުންނާއި ގައިދީން ގުޅިގެންނެވެ.

ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ޖަލުތަކަށް ޖުމްލަ 400 ގައިދީންގެ ޖާގަ ވަނީ އިތުރުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި