Sunday, 26 July 2026
Ads by

ޕާކިންގ މައްސަލައަށް ބޮޑު ހައްލެއް، ބޮޑުތަކުރުފާނު މަގުގައި 588 ޖާގައިގެ ޕާކިންގ ޒޯނެއް ތަރައްގީކުރަނީ

ޕާކިންގ މައްސަލައަށް ބޮޑު ހައްލެއް، ބޮޑުތަކުރުފާނު މަގުގައި 588 ޖާގައިގެ ޕާކިންގ ޒޯނެއް ތަރައްގީކުރަނީ

ބޮޑުތަކުރުފާނު މަގުގައި ތަރައްގީ ކުރާ 580 ޖާގައިގެ ޕާކިންގ--- ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓު 4 ގައި 500 އަށްވުރެ ގިނަ ޖާގައިގެ ޕާކިންގއެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

Ad Image
Ads by

މި މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީން ބުނެފައިވަނީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އަންނަ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ބޭންކް އޮފް ސިލޯން ކުރިމައްޗަށްވާ ގޮތަށް އޮންނަ ސަރަހައްދުގައި ސައިކަލު ޕާކުކުރުމަށް، 588 ސްލޮޓްގެ ޕާކިންގއެއް ތަރައްގީކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގަކީ ސަރުކާރުގެ ގިނަ އިދާރާތަކާއި، ބޭންކުތަކާއި، އަމިއްލަ ގިނަ ބައެއްގެ އޮފީސްތަކުގެ އިތުރުން ވިޔަފާރިތައް ހުންނަ ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. އަދިހަމައެހެންމެ، މާލެއަށް އަރާފައިބާ މީހުން އާންމުކޮށް ބޭނުންކުރާ އެއް ސަރަހައްދަށް އެ ސަރަހައްދުވާނެއެވެ. އެއީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ބޭނުންކުރާ ސަރަހައްދަކަށްވުމުން، އެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދަނީ ވަކިވަކި ފިޔަވަހިތަކަށް ބަހާލައިގެންކަން ފާހަގަކޮށްލެވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ، ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 5 ސެގްމަންޓެވެ. މިއީ ޖުމުލަ 838 މީޓަރުގެ ސަރަހައްދެކެވެ. ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ސަރުކާރުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިއަން ރުފިޔާއަށެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު އަންނަ ޖޫން މަހުގެ ނިޔަލަށް މި މަސައްކަތް ނިންމައި އެ މަގު އެއްކޮށް ހުޅުވާލުމަކީ އެމްޓީސީސީގެ އަމާޒެވެ. މަގު ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ޝީޓްޕައިލް ކުރުމުގެ މަސައްކަތުގެ ވެސް ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި