Wednesday, 9 September 2026
Ads by

އެމްޑީޕީ ރޫޅާ ރޭވުން: ނަޝީދުއާއި މީކާއިލްގެ ކޯޅުން

އެމްޑީޕީ ރޫޅާ ރޭވުން: ނަޝީދުއާއި މީކާއިލްގެ ކޯޅުން

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރާ މީކާއިލް ނަސީމް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީ ރޫޅަރޫޅާފައި ރޭވުމުގެ ތެރެއިން، ކުރިއަށްއޮތް އެޕާޓީގެ ޗެއާޕާސަން އިންތިޚާބާއި ދިމާކޮށް 3 ވަނަ ރޫޅުންގަނޑު މިވަނީ ފެށިފައެވެ. މިފަހަރުގެ ކޯޅުން އޮތީ އިންތިޚާބުގެ 2 ކެންޑިޑޭޓުން ކަމަށްވާ ކުރީގެ ރައީސް ނަޝީދު އާއި ގަލޮޅު ދެކުނު ދާއިރާގެ މަޖްލިސް މެންބަރު މީކާއިލްގެ މެދުގައެވެ.

Ad Image
Ads by

އެގޮތުން އެމްޑީޕީ އާންމު މެންބަރުން އެއްވެސް މީހެއްގެ އަރިހުން މާފަށް އެދެންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް މިވަނީ ވިދާޅުވެފައެވެ.

މީކާއިލް މި މޭރުމުން ވިދާޅުވީ، އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގެ ކެމްޕޭނު ދަތުރެއްގައި ހއ. ކެލައަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި، އެ ރަށުގެ އާންމު މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މި ސުވާލު އުފެދުނީ، ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި ވަޑައިގަތުމަކީ މައާފަށް އެދިވަޑައިގަންނަވަންޖެހޭ ކަމެއް ކަމަށް ބުނެ، ރ. ދުވާފަރުގައި އާންމު މެންބަރަކު ކުރި ސުވާލަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ޖަވާބަކާ ގުޅިގެންނެވެ.

ދުވާފަރުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވައި ވަޑައިގަތުމުން އާންމު މެންބަރުންގެ އަރިހުން މައާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް، ނަޝީދު ވަނީ އެމްޑީޕީގެ އާންމު މެންބަރުން ވެސް އެމަނިކުފާނުގެ އަރިހުން މައާފަށް އެދެންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މިކަމަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ، ރައީސް ނަޝީދު ނޫނީ އެހެން މީހެއްގެ އަރިހުން ވެސް އެމްޑީޕީގެ އާންމު މެންބަރުން މައާފަށް އެދެންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

”ވަރަށް ގިނަ އަހަރުގެ ވަރަށް ބޮޑެތި ގުރުބާނީތަކަށް ފަހު އެ ބޭފުޅުން އެ ބޭފުޅުންނަށްވީ. ރައީސް ކަމަށް ގެނައީ ވެސް އެމްޑީޕީގެ އާންމު މެންބަރުން، ރައީސް ނަޝީދު ވެސް. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެސް،“ – މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން މީކާއިލް ވިދާޅުވީ އެ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ މަގާމުތަކާއި، އިނާޔަތާއި ޝަރަފަކީ އާންމު މެންބަރުންގެ ގުރުބާނީގެ ނަތީޖާ ކަމަށެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، އާންމު މެންބަރުންގެ މަސައްކަތަށް ބެލުމެއް ނެތި، ސިޔާސީ މަންފާއަށްޓަކައި އެ މެންބަރުން މަގުމަތިކޮށްލުމަށްފަހު ރައީސް ނަޝީދު ވަޑައިގަތީ ކަމަށް މީކާއިލް ވަނީ ތުހުމަތު ކުރައްވައިފައެވެ.

ކުރީގެ ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ’ދަ ޑިމޮކްރެޓްސް‘ ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވީ ކުރީގެ ރައީސް ޞާލިހާ އުފެދުނު ސިޔާސީ ހިޔާލުތަފާތުވުންތަކެއްގެ ތެރެއިންނެވެ. ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތް ނަމަވެސް، ދެ ރައީސުންގެ މެދުގައި އަދިވެސް ސިޔާސީ ހިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. އެގޮތުން ކުރިއަށް އޮތް ޗެއަރޕާސަން އިންތިހާބުގައި ރައީސް ޞާލިޙު ތާއީދު ކުރައްވަނީ ވެސް މީކާއިލަށްކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި