Sunday, 25 October 2026
Ads by

އޭބޯލާއާއި ހަންޓާ ވައިރަހަށް ސްކްރީން ކުރުމުގެ މަސައްކަތް އެއާޕޯޓުގައި ފަށައިފި

އޭބޯލާއާއި ހަންޓާ ވައިރަހަށް ސްކްރީން ކުރުމުގެ މަސައްކަތް އެއާޕޯޓުގައި ފަށައިފި

ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ފެތުރެމުންދާ އޭބޯލާއާއި ހަންޓާ ވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުތަކުން ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށްދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

Ad Image
Ads by

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، ބަލިތައް ރާއްޖެ އައުމުގެ ފުރުސަތު ކުޑަ ނަމަވެސް ދުނިޔޭގައި ފެތުރެމުންދާ މިފަދަ ބަލިމަޑުކަމުގެ ކާރިސާތަކާ ގުޅިގެން މީގެ ކުރިންވެސް ރާއްޖެއިން ފިޔަވަޅުތައް އަޅަމުން ގޮސްފައިވާ ކަމަށެވެ.

”ފުރުސަތު ކުޑަ އެކަމަކު ހަމަ އެލާޓުގައި އެބަ މަސައްކަތް ކުރައްވާ. ދެ ބަލިމަޑުކަމަށް ވެސް ނަޒަރު ހިންގަވައިގެން ރާއްޖެ އެތެރެވާ މީހުން، ހާއްސަކޮށް އެއާޕޯޓަށް އަންނަ މީހުން ސްކްރީންކުރަމުން ދަނީ،“ ތަރުޖަމާނު ވިދާޅުވިއެވެ.

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރި ކްރޫޒް ލައިނާ އަކުން ފެނުނު ހަންޓާ ވައިރަސް އާއި، ކޮންގޯ އަދި ޔޫގެންޑާގައި ފެތުރެމުންދާ އޭބޯލާ ބަލިމަޑުކަމަކީ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އިން ވަނީ ކަނޑައަޅާފައެވެ. މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބަލިތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ ރާއްޖެއަށް މި ދެ ބަލިމަޑުކަން ވެސް އައުމުގެ ފުރުސަތު އޮތީ ވަރަށް ކުޑަ މިންވަރަކަށް ކަމަށެވެ. ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބަލިތައް ފެތުރެމުންދާ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް އެ އެޖެންސީން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ބޯޑަރުތަކުގައި ސްކްރީން ކުރުމުގެ މަސައްކަތް ވަރުގަދަކޮށްފައި މިވަނީ، ދުނިޔޭގެ ސިއްހީ ނިޒާމަށް މި ބަލިތަކުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި