Wednesday, 9 September 2026
Ads by

އެމްޑީޕީ ދޫކޮށްލީ މަޖުބޫރުވީމަ، ވެރިކަން ގެއްލުނީ ސޯލިހުގެ މަގުބޫލުކަން ނެތުމުން: ނަޝީދު

އެމްޑީޕީ ދޫކޮށްލީ މަޖުބޫރުވީމަ، ވެރިކަން ގެއްލުނީ ސޯލިހުގެ މަގުބޫލުކަން ނެތުމުން: ނަޝީދު

އެމްޑީޕީ ދޫކޮށް ވަޑައިގެންނެވީ އެ ނޫން ގޮތެއް ނެތުމުން ކަމަށާއި 2023 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ގެއްލުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަގުބޫލުކަން އެވަރަށް ނެތުމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ނަޝީދު އެފަދައިން ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބަށް ދިމާކޮށް އެ މަނިކުފާނާ އެމްޑީޕީއާ ދުރަށް ވަޑައިގަތުމަކީ ”މިސްޓޭކެއް“ ކަމަށް ބުނެ، އެކަމާ ގުޅިގެން މާފަށް އެދެން ޖެހިވަޑައިގަންނަވާނެ ކަމަށް އާއްމު މެންބަރަކު ބުނުމުން އެކަމަށް ދެއްވި ޖަވާބުގައެވެ.

ނަޝީދު ވިދާޅުވީ، އެ މަނިކުފާނާއި ރައީސް ސޯލިހަކީ އެއްތަށިން ކުޑައިރުއްސުރެ ކައިއުޅުނު ދެ ބޭފުޅުން ކަމަށާއި ނަމަވެސް 2019 އަހަރު ނިމުމުއިރު ރައީސް ސޯލިހު އެ މަނިކުފާނާ ވާހަކަފުޅު ނުދައްކަވާ ކަމަށެވެ.

ނަަޝީދު ވަނީ މަނިކުފާނު އަވަހާރަކޮށްލަން މާލޭގައި ގޮއްވާލި ބޮމުގެ މައްސަލައިގެ ތަހުގީގު އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތާމެދު ނަޝީދުގެ ކަންބޮޑުވުންތައްވެސް ހިއްސާކުރައްވައިފައެވެ. އަދި އޭގެ ފަހުން އެ މަނިކުފާނާ އެންމެ އަރިސް މަޖިލިސް މެންބަރުންނަށް ފިޔަވަޅު އަޅަން އުޅުމަކީ އެމްޑީޕީން ނުކުންނަން މަޖުބޫރުވި ސަބަބުކަމަށް ވިދާޅުވިއެވެ.

”ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީއަށް ލާފައި އޮތީމަ ލަދެއް އަޅުގަނޑުގެ ހުރިއްޔާ ދާނެތާ އެ ހިސާބަށް. މި މީހުންނާ އެކު އުޅެނީ، އަޅުގަނޑު ވެސް ގޯސް ކަންތައް ކުރިން، އެކަމަކު ތިޔަ ބޭފުޅުން ވެސް އަޅުގަނޑު އަރިހުން މާފަށް އެދެން ވަރަށް ބޮޑަށް އެދެން،“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާާޅުވީ، އެމްޑީޕީއަކީ އެ މަނިކުފާނުގެ މުޅި ހަޔާތް ކަމަށާއި ޕާޓީ ދޫކޮށްލަން ޖެހުމުން  އެ މަނިކުފާނަށް ވުރެ ވަކިން ދެރަވާނެ މީހަކު ނުހުންނާނެ ކަމަށެވެ.

”އަޅުގަނޑު ވަރަށް ދެރަވޭ 2023 ވަނަ އަހަރު. އެކަމަކު އެމްޑީޕީއަށް ވެރިކަން ގެއްލުނީ އަޅުގަނޑު ގޮސްގެނެއް ކަމަކަށް ގަބޫލެއް ނުކުރަން. އެއީ އެމްޑީޕީގެ ކެންޑިޑޭޓްގަ އޭރުގަ ނެތީ އެކަން ކުރެވޭ މިންވަރު. އަޅުގަނޑުމެންނަށް އެކަން ވަރުގަދަ ކުރެވުނީސް އެ އަށް ވުރެ މާ ރަނގަޅަށް،“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެމްޑީޕީގައި އޭރު މަޑުކުރެއްވި ނަމަ އެމްޑީޕީ އެ އަށް ވުރެ ބޮޑަށް ބަަލީވީސް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ނަން
ނަން
3 މަސް ކުރިން

އެމްޑީޕީން ފޫވަށްރޫޅާ ކަށިކެޔޮ މަންޑޭލާ ފޫކަހާފަ ދިއައީ ބޮޑުވަޒީރުކަމަށް އިބޫ އެއްބަސްނުވިމާ ވަރަށް ވަރަށްސާފް

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި