Wednesday, 9 September 2026
Ads by

ޖަމީލަކީ އަމިއްލަ އެދުން ބޮޑު ”ހިޔަޅެއް“، ކެބިނެޓުން ޖާގަ ލިބުނު ނަމަ ޔާމީނު ގާތުގައި ނުވެސް ހުންނާނެ: ޝުޖާއު

ޖަމީލަކީ އަމިއްލަ އެދުން ބޮޑު ”ހިޔަޅެއް“، ކެބިނެޓުން ޖާގަ ލިބުނު ނަމަ ޔާމީނު ގާތުގައި ނުވެސް ހުންނާނެ: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު ޝުޖާއު---

ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލު އަޙްމަދު މި ސަރުކާރާ މެދު ނުރުހުންވެ ހިޔާލު ތަފާތުވި ސަބަބަކީ ކެބިނެޓުން ޖާގަ ނުލިބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝުޖާއު މި މޭރުމުން ވިދާޅުވީ، މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އއ. ތޮއްޑޫއިން ކޮންގްރެސް ޕާޓީއަށް ހޯދައިދިން ކާމިޔާބީ ފާހަގަކުރުމަށް ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޝުޖާއު ވިދާޅުވީ، ޖަމީލަކީ ވަރަށް އަމިއްލަ އެދުން ބޮޑު ”ހިޔަޅެއް“ ކަމަށާއި، ކެބިނެޓުން ޖާގަ ލިބުނު ނަމަ އޭނާ މިއަދު ރައީސް ޔާމީން ގާތުގައި ނުވެސް ހުންނާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، ޕީއެންއެފްއިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން އެއްބަޔަކު ”ރައީސް ޔާމީން“ އޭ ގޮވުމުން އަނެއް ބަޔަކު ”ހައްޔަރުކުރޭ“ މިހެން ގޮވަމުންދިޔަ ކަމަށެވެ. އެކަން އެހެން ހިނގަމުންދިޔައިރު ޑރ. ޖަމީލާއި މަލީހު ޖަމާލާއި ދެމީހުން ހުރީ ހޭން ކަމަށާއި، މިކަމުން ވެސް ދޭހަވަނީ ޖަމީލުގެ ހިތް ރައީސް ޔާމީނަށް ސާފުނޫންކަން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މިއީ މިއަދު އަލަށް ފެންނަ މަންޒަރެއް ނޫން ކަމަށާއި، އިދިކޮޅުގައި ތިބި ދުވަސްވަރު ވެސް ކަންތައްތައް އޮތީ އެފަދަ ގޮތަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ ކޮންމެ މީހެއްގެ ވެސް އޮންނަނީ އަމިއްލަ އެދުމެއް ކަމަށާއި، ނަމަވެސް ރައީސް ޔާމީނާ މެދުގައި ހެޔޮ ހިތަކައިގެން އޯގާތެރިކަމާއެކު އަދިވެސް ދެކިވަޑައިގެންނަވާ ހަމައެކަނި ބޭފުޅަކީ ރައީސް މުޢިއްޒު ކަމަށެވެ. ރައީސް ޔާމީނާ ދޭތެރޭ ކުޑައިމީސްކޮށް ހަޑިކޮށް ބަހެއް ވިދާޅުނުވުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ކަމަށާއި، އެކަމުން ވެސް ދޭހަވަނީ އެމަނިކުފާނުގެ ހިތްޕުޅުގައި ރައީސް ޔާމީނަށް އޮތް އިހުތިރާމާއި ގަދަރުކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝުޖާއު ވަނީ ރައީސް ޔާމީންގެ ފަހަކަށް އައިސް ދައްކަވާ ވާހަކަތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދުއެކޭ އެއްގޮތަށް ރައީސް ޔާމީން ވެސް ”ހަމައިން ނެއްޓޭ“ ގަޑިތައް މިހާރު އަންނަ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ރައީސް މުއިއްޒުއަށް ނިސްބަތްކޮށް ރައީސް ޔާމީން އެ ދައްކަވަނީ އެފަދަ ގަޑިތަކުގައި ދައްކަވާ ވާހަކަތަކެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި