Friday, 4 September 2026
Ads by

މިދިޔަ 2 އަހަރާއި ބައިގެ ތެރޭގައި 1,294 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިއްޖެ: ރައީސް

މިދިޔަ 2 އަހަރާއި ބައިގެ ތެރޭގައި 1,294 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިއްޖެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިވީ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި 1،200 އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ދައުލަތުގެ މީޑިއާއިން ”ނޭޝަން ޗެޓް“ ގެ ނަމުގައި ރޭ ގެނެސްދިން ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މަސްތުވާތަކެތިން ގައުމު ސަލާމަތް ކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެއް ކަމަށެވެ.

އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އޮޕަރޭޝަންތަކުގައި ޖުމުލަ 1،294 ކިލޯގެ މަސްތުވާތަކެތި މިހާތަނަށް އަތުލައިގަނެވިފައިވާ ކަމަށެވެ. މިކަމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުވުމެއްގެ ގޮތުގައި ރައީސް ވަނީ މިކަން ސިފަ ކުރައްވައިފައެވެ.

މީގެ އިތުރުން ރައީސް ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން މިދިޔަ އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ މުއްދަތުގައި އަތުލައިގަނެވުނީ 1,003 ކިލޯގެ މަސްތުވާތަކެތި ކަމަށާއި އަދި އޭގެ ކުރީގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރާ ބައިގެ މުއްދަތުގައި އަތުލައިގަނެވުނީ އެންމެ 154 ކިލޯގެ މަސްތުވާތަކެތިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، މި ސަރުކާރުން އަންނަނީ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްތުވާތަކެތި އެތެރެ ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގާނޫނެއް ވުޖޫދު ކޮށްފައިވާއިރު، އެފަދަ ތަކެތި ބޭނުން ކުރާ ފަރާތްތަކަށް ވެސް ހަރުކަށި އަދަބު ދިނުމަށް ވަނީ ނިންމައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260903_201215
އެމެރިކާއިން އީރާނާ ދެކޮޅަށް 'ޓޭންކަރަކަށް-ޓޭންކަރެއް' ސިޔާސަތު އިޢުލާނުކޮށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް ވަރުގަދަކޮށްފި
20260903_231713
އިސްލާމިކް ސްޓޭޓާ ގުޅެން އުޅުނު އިޒްރޭލު އަސްކަރިއްޔާގެ ކުރީގެ ސިފައިންގެ މީހަކު ހައްޔަރުކޮށް ޓެރަރިޒަމް ދަޢުވާކޮށްފި
20260903_233414
ހޫޘީން 'ރުޖޫމް' ޑްރޯން ބޭނުންކޮށްގެން ސަޢޫދީ ކޯލިޝަނު ސިފައިންގެ މަޤާމުތަކަށް ހަމަލާތަކެއް ދީފި
stelco
ރާއްޖެ ޓީވީއާ ގުޅިގެން ސަރުކާރުގެ އަގުވައްޓާލަން މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.