Monday, 21 September 2026
Ads by

ހުނަރުވެރި، އަހުލާގު ރަނގަޅު، ގޮންޖެހުންތަކާ ކުރިމަތިލާންކެރޭ ޒުވާނުން ބިނާކުރުމަކީ ހަގީގީ ތަރައްގީ: ރައީސް

ހުނަރުވެރި، އަހުލާގު ރަނގަޅު، ގޮންޖެހުންތަކާ ކުރިމަތިލާންކެރޭ ޒުވާނުން ބިނާކުރުމަކީ ހަގީގީ ތަރައްގީ: ރައީސް

ތަރައްގީއަކީ ހަމައެކަނި އުސް އިމާރާތްތަކެއް ބިނާކުރުން ނޫން ކަމަށާއި، އެންމެ މުހިންމު ތަރައްގީއަކީ ގައުމަށް ބޭނުންތެރި ހެޔޮލަފާ އިންސާނުން ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެސްއެމް ނޭޝަނަލް ޗެޓް ޕޮރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވަނީ ޒުވާނުން ބިނާކުރުމުގެ ތަރައްގީއަށް ކަމަށެވެ. ހާއްސަކޮށް، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ، ގައުމުދެކެ ލޯބިވާ، އަދި އަހުލާގު ރަނގަޅު ހުނަރުވެރި ޒުވާނުން އުފެއްދުމަކީ މާނަހުރި ތަރައްގީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ޒުވާނުންނަށް ބޭނުންވާ ތަމްރީނުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މިހާތަނަށް ގިނަ އަދަދެއްގެ ޒުވާނުން ތަމްރީނުކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ބެޗުގައި ތަމްރީނުވި 300 ޒުވާނުންގެ ތެރެއިން ގިނަ ކުދިން މިހާރު ތިބީ ވަޒީފާތަކުގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ފަހަރު ތަމްރީނު ނިންމި ޒުވާނުންނަށް ވެސް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

”މިފަހަރު ތަމްރީނު ނިންމި ކުދިންނަށް ވެސް ވަޒީފާގެ ފުރުސަތުތައް ލިބޭނެ. ހާއްސަކޮށް ސިފައިންގެ އާއި ފުލުހުންގެ ހިދުމަތުގެ ތެރެއިންނާއި، އަދި އެ ކުދިން އިހުތިޔާރުކުރާ އެހެނިހެން ދާއިރާތަކުން ވަޒީފާ ހަމަޖައްސައިދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް،“ ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މަގްސަދަކީ ކޮންމެ ޒުވާނަކީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ، ގައުމުގެ ތަރައްގީގައި އަމަލީގޮތުން ބައިވެރިވާ ފަރުދަކަށް ހެދުން ކަމަށެވެ. މި މަސައްކަތުގެ ދަށުން ޒުވާނުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނުގެ އިތުރު ފުރުސަތުތައް ކުރިއަށް އޮތް ތަނުގައި ފުޅާކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260920_224720
ހޫޘީންގެ ޙަމަލާތަކާ ގުޅިގެން ސަޢޫދީގެ ދިފާޢުގައި ތުރުކީ އާއި ޕާކިސްތާނުން ތެދުވެއްޖެ
20260920_211927
ހޫޘީން ރިޔާޟަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފިކަމަށް ސަޢޫދީ ކޯލިޝަނުން ބުނެފި
20260920_213847
ސަޢޫދީގެ ވެރިރަށަށް ހޫޘީން ދިން ޙަމަލާ ޢަރަބި ޤައުމުތަކުން ކުށްވެރިކޮށްފި
big_ubKu1fAPO6Z6TrYjoD05w95De (1)
ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ވެސްޓްޕާކް ސަރަހައްދުން އެއްފަޅި މިރޭ ބަންދުކުރަނީ
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި