Wednesday, 9 September 2026
Ads by

ޙައްޖުގެ އަޅުކަމަށް ދިއުމުގެ ނަސީބު ނުލިބުނު ނަމަވެސް، އަޅުކަންތަކުގައި ފަރުވާތެރިވެ ހީވާގިވާންޖެހޭ: ޚުޠުބާ

ޙައްޖުގެ އަޅުކަމަށް ދިއުމުގެ ނަސީބު ނުލިބުނު ނަމަވެސް، އަޅުކަންތަކުގައި ފަރުވާތެރިވެ ހީވާގިވާންޖެހޭ: ޚުޠުބާ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާގެ ހަރަމްފުޅަށް ގޮސް އުޅުނު ޙައްޖާޖީންތަކެއް---

ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމުގެ ނަސީބު މި އަހަރު ނުލިބުނު ނަމަވެސް، ޙައްޖުވެރިންނެކޭ އެއްފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ ހީވާގިވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ad Image
Ads by

މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވަނީ، ޙައްޖުވެރިން އެބައިމީހުންގެ ވަގުތުތައް އަޅުކަމުގައި ހޭދަކުރާ ފަދައިން، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު މި އަހަރު ނުލިބުނު މުސްލިމުން ވެސް މި ދުވަސްވަރު ޛިކުރުކުރުމާއި، ޤުރްއާން ކިޔެވުމާއި، ފަރުޟު ނަމާދުތައް ކުރުމުގައި ހާއްސަ އިސްކަމެއްދޭންޖެހޭނެ ކަމަށެވެ. މީގެ އިތުރުން މާތްالله އަށްޓަކައި އަޅުކަން ހާލިސްކޮށްފިނަމަ މި ބަރަކާތްތެރި ދުވަސްތަކުގެ ދަރުމައާއި ސަވާބު ލިބޭނެ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ޙައްޖުގެ އަޅުކަމަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއްކަން ފާހަގަކުރަމުން ޚުޠުބާގައި ބުނީ، ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ އުފަލެއް ކަމަށާއި، ނަމަވެސް އާހިރަތުގެ އުފަލީ ދާއިމީ އުފާ ކަމަށެވެ. އެހެންކަމުން އާހިރަތުގެ ބާއްޖަވެރިކަން ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ޙައްޖުގެ މަނާސިކުތަކަކީ މުއުމިނުން މާތްﷲ އަށް ކިޔަމަންގަތުމަށް ދެވޭ އަމަލީ ތަމްރީނުތަކެއް ކަމަށާއި، އެގޮތުން އިހްރާމް ބަނުމުގެ ސަބަބުން ކުރިން ހުއްދަވެގެންވީ ބައެއް ކަންކަން ހަރާމްވެގެންދާ ދިއުމަކީ، އިންސާނާގެ މުޅި ހަޔާތުގައި ވެސް މާތްالله ހަރާމްކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް ލިބޭ ފިލާވަޅެއް ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. ކަން މިހެން އޮތުމާއެކު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާއިރު، އުރެދުންތަކާ ދުރުހެލިވެ ކެތްތެރިވާ މީހާގެ ޖަޒާއަކީ ސުވަރުގޭގެ މަތިވެރި ނިއުމަތްކަން ރަސޫލާގެ ޙަދީޘް ބަސްފުޅުތަކުން ސާބިތުވާ ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

އަދިހަމައެހެންމެ، ޙައްޖުގެ މަތިވެރި އަޅުކަމަށްފަހުގައި ވެސް ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރުމަށާއި، ރަހިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާ ފާޅުކުރާއިރު، ރުޅިވެރިކަމާއި ހަސަދަވެރިކަން ދޫކޮށް، އިސްލާމްދީނުގެ އުސޫލުތަކުގެ ތެރެއިން އެކުވެރިކަމާއި ލޯބި ފާޅުކުރުމަށް ވެސް ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި