Sunday, 26 July 2026
Ads by

އިބޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ނަޝީދަށް، މަގުމައްޗަށް ނުކުތީމަ ފެންނަނީ ފުޅާވެފައި އޮތް އަތް އެކަނި!

އިބޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ނަޝީދަށް، މަގުމައްޗަށް ނުކުތީމަ ފެންނަނީ ފުޅާވެފައި އޮތް އަތް އެކަނި!

އެމްޑީޕީގެ ކުރީގެ 2 ރައީސުން---

މަގުމައްޗަށް ނުކުންނެވީމަ ފެންނަނީ ”ފުޅާވެފައި އޮތް އަތް އެކަނި“ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު (އިބޫ) ވަރުގަދަ ބަހުގެ ހަމަލާތަކެއް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކުރައްވައިފިއެވެ.

Ad Image
Ads by

އިބޫ މި މޭރުމުން ވިދާޅުވީ، އުފަން ރަށް ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، އެންމެ މޮޅު މީހަކީ ތިމާ ކަމަށް ދެކި، މަގުމައްޗަށް ނުކުތީމަ ފެންނަނީ ފުޅާވެފައި އޮތް އަމިއްލަ އަތް އެކަނި ކަމަށްވާނަމަ އެކަމުގައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. މިއީ އެއްވެސް ހާލެއްގައި ނަޝީދަށް ދެރަ ބަހެއް ބުނުމުގެ ގޮތުން ބުނި ވާހަކައެއް ނޫން ކަމަށް ވެސް އިިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި، އިންތިހާބުގައި ވާދަކުރެއްވުމަށްވުރެ މި ވަގުތު އެންމެ ބޮޑު އިސްކަމެއްދީގެން ނަޝީދު ކުރައްވަންވީ ކަމަކީ ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓާ ގުޅިވަޑައިގެން ގައުމު އިސްލާހު ކުރެއްވުމުގެ މަސައްކަތް ކަމަށް އިބޫ ވިދާޅުވިއެވެ.

”ތިމަންނައޭ އެންމެ މޮޅު މީހަކީ، މަގުމައްޗަށް ނުކުތީމަ ތިމަނައަށް ފެންނަނީ ފުޅާވެފައި ހުރި ތިމަންނަގެ އަތް އެކަނި ކަމަށްވާނަމަ ދެން ކުރެވޭނެ އެއވެސް ކަމެއް ނެތް. އެއްވެސް ހާލެއްގައި ނަޝީދަށް ބަދު ބަހެއް ބުނަނީކީ ނޫން އަޅުގަނޑު. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން. މިއީ އެމަނިކުފާނު އަޅުގަނޑުމެންނާ އެކީގައި މި ގައުމު އިސްލާހު ކުރުމަށްޓަކައި މިއަދު ކުރިމަތިވެފައި އޮތް މަސައްކަތްތައް ކުރުމަށް އަޅުގަނޑު މި ދެންނެވި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓުގައި ތިން ރައީސުން ފެށި މަސައްކަތުގައި ދެމި ހުންނަވަންވީ،“ – އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވި ގޮތުގައި، އޭނާ އެ ވާހަކަ އެގޮތަށް ވިދާޅުވެގެން އެމްޑީޕީގެ ތެރޭގައި ތަޅާފޮޅުމާއި ބައިބައިވުން އުފެދެން ބޭނުންފުޅު ނުވާ ކަމަށާއި ނަމަވެސް، އެމްޑީޕީގެ މުސްތަގުބަލަށް ވިސްނުމަށްފަހު އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ހޮވުން ކަމަށެވެ.

އިބޫގެ މި ވާހަކަތަކުގެ ސަބަބުން އެމްޑީޕީގެ އާންމު މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އިބޫއަށް ނުރުހުމުގެ ބަސްތައް އަމާޒުކޮށްފައެވެ. އެގޮތުން އެމްޑީޕީގެ އާންމު މެންބަރުންގެ ތާއީދު ގެއްލިފައިވާ ބޭފުޅަކު މިފަދަ ވާހަކަދެއްކުމަކީ ރީތި ގޮތެއް ނޫން ކަމަށާއި، ދައްކަންޖެހޭ ވާހަކަތަކާއި ދައްކަންނުޖެހޭ ވާހަކަތައް ނުދެއްކުމަށް ގިނަ ބަޔަކު އަންނަނީ އިބޫއަށާއި މީކާއިލްއަށް ގޮވާލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި