Saturday, 24 October 2026
Ads by

ސަރުކާރު ކުޑަކޮށް، ޚިދުމަތް ހަލުވިކުރަނީ: މިނިސްޓަރުންނަށް ފަހު ދެން މަދުކުރަނީ ސިޔާސީ މުވައްޒަފުން!“

ސަރުކާރު ކުޑަކޮށް، ޚިދުމަތް ހަލުވިކުރަނީ: މިނިސްޓަރުންނަށް ފަހު ދެން މަދުކުރަނީ ސިޔާސީ މުވައްޒަފުން!“

ސަރުކާރު ކުޑަކޮށް، ހިންގުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މިނިސްޓަރުންގެ އިތުރުން މިނިސްޓްރީތަކުގެ ސިޔާސީ މުވައްޒަފުން ވެސް މަދުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

ޕީއެސްއެމް އިން ގެނެސްދިން ”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކެބިނެޓް ކުރިއަށް ވުރެ ކުޑަކޮށް، ބައެއް މިނިސްޓްރީތައް އެއްކޮށްލުމުން ސަރުކާރުގެ ”އެފިޝަންސީ“ ނުވަތަ ހިންގުންތެރިކަން މަތިވެފައިވާ ކަމަށާއި، ކެބިނެޓަށް ގެންނެވި ބަދަލުގެ ހެޔޮ ނަތީޖާ މިހާރު ވެސް އަންނަނީ ވަރަށް ރަނގަޅަށް ފެންނަމުން ކަމަށެވެ.

”ހަމައެކަނި މިނިސްޓަރުން މަދުކުރީކީ ނޫން. ހަމައެއާ ގުޅިގެން އަޅުގަނޑުމެން މިނިސްޓްރީތަކުގެ ސިޔާސީ މުވައްޒަފުން މަދުކުރުމުގެ ޕްރޮސެސް ވެސް އެބަ ހިނގާ ހަމަ. އޭގައި އަޅުގަނޑުމެން ހަދަން ޖެހޭ އެސެސްމެންޓް ހަދާ މިހާރު ނިންމަނީ، ޕާފޯމެންސް ބޭސްކޮށް މީހުން މަދުކުރުމަށްޓަކައި، ކޮބައިތޯ ކޮންތާކުން ކިތައް މީހުންތޯ ވަކިކުރެވޭނީ، ނޫނީވިއްޔާ ދޫކޮށްލެވޭނީ ބެލުން، އެބައި އެބަ ނިމޭ މިހާރު. ނިމުނީމާ އަޅުގަނޑު ހަމަ އެކަން ތަންފީޒުކުރާނަން،“ ރައީސް ވިދާޅުވި އެވެ.

ކެބިނެޓް ކުޑަކުރުމުން ސަރުކާރުގެ ހިންގުން ހަރުދަނާވި ކަމުގެ މިސާލެއްގެ ގޮތުން ރައީސް ދެއްކެވީ ބޭރުގައި ކިޔަވަން ތިބޭ ކުދިން އެދޭ ކަންތައްތައް ނިންމަން މީގެ ކުރިން އެވްރެޖްކޮށް ހަތަރު ހަފުތާ ހޭދަވަމުން ދިޔަ އިރު، މިހާރު އެކަން ހަތަރު ދުވަހަށް ކުޑަކުރެވިފައި ވުމެވެ. އެމަނިކުފާނު ވިދާޅުވީ ބަދަލުތައް ގެނެވުނު މިނިސްޓްރީތަކުގެ ތެރޭގައި ކުރިއަށް ވުރެ އެތައް ކަމެއްގެ ހިދުމަތް މިހާރު ރަނގަޅުކުރެވެމުންދާ ކަމަށެވެ.

ރައީސް މުއިއްޒު ކެބިނެޓަށް މި ބަދަލު ގެންނަވައި އަލުން އެކުލަވައިލެއްވީ 10 މިނިސްޓަރަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން އޭރު ބުނި ގޮތުގައި އެއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށް ކުރެއްވި ކަމެކެވެ.

މި ބަދަލާއެކު 10 މިނިސްޓްރީއެއްގެ މެންޑޭޓަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ކުރިން ކެބިނެޓުގައި 20 މިނިސްޓަރުން ތިއްބެވި ނަމަވެސް، މިހާރު 14 މިނިސްޓަރުންނާއި އެޓާނީ ޖެނެރަލާއެކު ކެބިނެޓުގައި ތިއްބަވަނީ ޖުމްލަ 15 ބޭފުޅުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި